ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރާ ބަޔަކު ހޮވުމުން އެމްޑީޕީ އިތުރަށް ބަލިކަށިވާނެ – ވަސީމު

އެމްޑީޕީގެ ގައުމީ މަޖިލިހުގެ މަގާމްތަކަށް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ އެއްވެސް ބަޔަކު ހޮވުމަކީ އެމްޑީޕީ އިތުރަށް ބަލިކަށި ވާނެކަމެއްކަމަށް މީދޫގެ ދާއިރާގައި އެމްޑީޕީގެ ކަންތައްތަކުގައި ހަރަކާތްތެރިވަމުން އަންނަ އަބްދުﷲ ވަސީމު ހާމަކޮށްފިއެވެ.

ރައީސް ނަޝީދު ފޮޓޯއަކާއެކު ފޭސްބުކު ޕޭޖްގައި ލިއުއްވާފައި ލިއުއްވުމެއްގައި ވަސީމު ހާމަކޮށްފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ އެއްވެސް ބަޔަކު ގައުމީ މަޖިލިހަށް ހޮވުމުގެ ކުރީން އެކަމާމެދު އެމްޑީޕީގެ މެމްބަރުން ވިސްނާ ފިކުރުކުރެއްވުމަށް އެދިފައެވެ.

މީގެ އިތުރަށް ވަސީމު ފޭސް ބުކްގައި ޝެއާކޮށްފައިވާ އެހެން ލިއުމެއްގައި ބުނެފައިވަނީ  ވެރިކަމުގެ ނިޒާމްތަކަކީ އޮތް އެއްޗެއްކަން ދިވެހީންނަށް އަންގައިދިނީ ރައީސް ނަޝީދު ( އަންނި ) ކަމަށާ އޭރުވެސް މިހާރުވެސް ނިޒާމުގެ ތެރެއިން ރަށްޔިތުންނަށް ފައިދާހުރީ ބަރުލަމާނީ ނިޒާމުކަން ރައީސް ނަޝީދަށް އެގިވަޑައިގަންނަވާކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިޚާބުގައި އައްޑޫސިޓީގެ ރައީސްކަމަށް ވާދަކުރައްވާނެކަމަށް ބުނެ އަބްދުﷲ ވަސީމު ސޯޝަލް މީޑިއާގައި މިހާރުދަނީ ކެމްޕެއިންކުރަމުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ސޯލިހު ހިތަދޫގެ ފެނަކައިގެ އޮފީހަށް ވަޑައިގެން ކަރަންޓުގެ މައްސަލަ ހައްލުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް، ފެނަކައިގެ އިސްވެރިންނާއި މިއަދު މަޝްވަރާ ކުރައްވައިިފިއެވެ. ...

ކޮވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެވެ. ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މިމީހާ ނިޔާވެފައިވަނީ ރޭ ...

ގައުމު ސްޓްރީޓް ކަޕް – ލޮތަރި އާއި ރިވެރިންގެ ކުރިމަތިލުން- ފައިނަލްމެޗު މިރޭ

ގައުމު ސްޓްރީޓްގެ ނަމުގައި މީދޫގައި ބާއްވަމުން އައި  ސްޓްރީޓް ކަޕް ފުޓްބޯޅަ  މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. ...