ޚިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓް އަންފްރީޒްކޮށްފި

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓް ފްރީޒްކޮށްފައިވަނިކޮށް އެ އެކައުންޓް ދޫކޮށްލުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ގިނަ ޢަދަދެއްގެ ފައިސާ ޖަމާވި އެސްއޯއެފް އެކައުންޓުން އެހެން މީހުންނަށް އެ ފައިސާ ފޮނުވައި އެކި ބޭނުންތަކަށް ބޭނުންކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން އެ އެކައުންޓު ފްރީޒްކުރީ 2020 ވަނަ އަހަރު ސިވިލް ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ.

އެ ކޯޓުން އޭރު ވަގުތީ އަމުރެއް ނެރުނީ އެމްއެމްޕީއާރްސީއަށް މީހަކު ދިން 2.5 މިލިއަން ޑޮލަރުގެ ޗެކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި އެ ފައިސާ ހޯދަން ދައުލަތުން ދަޢުވާކޮށް ވަގުތީ އަމުރަކަށް އެދުމުންނެވެ.

އެނގިފައިވާ ގޮތުގައި މި މަހުގެ 07 ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު އަމުރަކުން ވަނީ އެ އެކައުންޓު ދޫކޮށްލައިފައެވެ. އެކައުންޓް ދޫކޮށްލިއިރު ހުރީ ކިހާ ފައިސާއެއްކަމެއް އަދި ދޫކޮށްލީ ކޮން ފަރާތަކުން އެދިގެންކަމެއް ނޭނގެއެވެ.

އޭސީސީގެ އޮފިޝަލަކު ”ދިޑެއިލީއަށް“ ވިދާޅުވީ މި މަހުގެ ކުރިީކޮޅު އެ އެކައުންޓް ދޫކުރަން ސިވިލް ކޯޓުން އަމުރުކުރިކަން އެނގޭ ކަމަށެވެ. އަދި އެކަން އެނގުނީ ތަޙްޤީޤުތެރޭގައި އުޅޭތީ ކަމަށެވެ.

އެހެންވެ އެ އެކައުންޓުގައި ފައިސާ ހުރިތޯ ބަލާފައި އަލުން ފްރީޒްކުރުމަށް އަމުރަކަށް އެދެން ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މަސްދަރު: ދިޑެއިލީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19- މިއަދު 67 މީހަކު ޕޮޒިޓިވްވިއިރު ބަލިން ރަގަޅުވެފއިވަނީ 16 މީހަކު

ރާއްޖެ އިން އިތުރު 67 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެ އިތުރު 16 މީހަކު ބަލިން ރަގަޅުވެއްޖެވެ. ...

މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް

މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް ހުރުމާއި ގުޅިގެން މީދޫގެ ރަށްޔިތުންގެ ތެރެއިން ބަޔަކު ...

ތުރުކީ އާއި ސީރިއާއަށް ރާއްޖެއިން އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރަނީ

ތުރުކީ އަދި ސީރިޔާ ބޯޑަރު ކައިރިއަށް އައި ދެ ބިންހެލުމާ ގުޅިގެން އެ ދެ ގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ...