މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް

މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް ހުރުމާއި ގުޅިގެން މީދޫގެ ރަށްޔިތުންގެ ތެރެއިން ބަޔަކު މީދޫ އަވަށު އޮފިސް ކައިރިއަށް އެއްވެ އިހުތިޖާޖް ކޮށްފިއެވެ.

މިގޮތައް މީދޫ އަވަށު އޮފީސް ކައިރިއަށް ބަޔަކު އެއްވެ އިހުތިޖާޖް ކުރުމާއިގުޅިގެން  މީދޫ ކައުންސިލަރު ހިޔާޒުވަނީ އެ އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން ބައެއް މީހުންނާއި ބައްދަލުކުރައްވާފައެވެ.  މީދޫ އަވަށު އޮފީހުގެ މީޓިން ރޫމްގައި ބޭއްވުނު މިބައްދަލުވުމުގައި އިސްކޮށް ހުންނަވައިގެން ގޯތި ދިނުމަށް ޕޮއިންޓް ދީފައިވާ ގޮތާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ ވާހަކަ ދައްކަވަމުން ގެންގޮސްފައިވަނީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫދާއިރާއަށް ވާދަކުރެއްވުމަށް ހޮވިވަޑައިގެންނެވި ޝޫޒާއާއި ސިޔާސީ ހަރަކާތް ހިންގާ “ނަވާނަވައި” ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ސާއިރާއެވެ. އަދި މީގެ އިތުރަށް މިބައްދަލުވުމުގައި ގޯތި ދިނުމަށް ޕޮއިންޓް ދީފައިވާ ގޮތާއިމެދު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް އެކަންތައްތަކާއިބެހޭގޮތުން ” އޭއޯނިއުސް ” ގެ ޖާނަލިސްޓް ޚާލިސާ ވެސްވަނީ ވާހަކަ ދައްކަވާފައެވެ.

މިބައްދަލުވުމަށް ހާޒިރުވި މީހުންގެ ޝަކުވާތައް ބައްލަވާ އެޝަކުވާތަކަށް  އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޖަވާބެއް ދެއްވާނެކަމަށް ކައުންސިލު ހިޔާޒު ވަނީ ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޮމިކްރޯން ވޭރިއަންޓް ސްރީ ލަންކާއިންވެސް ފެނިއްޖެ

އޮމިކްރޯން ވޭރިއަންޓްގެ ކޭސްއެއް ސްރީލަންކާއިންވެސް ފެނިއްޖެވެ. ސްރީ ލަންކާގެ ހެލްތު ޕްރޮމޯޝަން ބޯޑު (އެޗްޕީބީ) އިން ވަނީ އެކަން ...

47 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 47 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1078 އަށް އަރައިފިއެވެ. ...

މާލެއިން މާކުރަތަށް ދިޔަ މީހެއްގެގައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން ކަރަންޓީންކޮށްފި

މާލެއިން ރ. މާކުރަތަށް ދިޔަ މީހެއްގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން އެމީހާ ކަރަންޓީން ކޮށްފިއެވެ. ތަފްސީލްhttps://www.fainuonline.com/articles/432