ޖާބިރުގެ އިންޒާރެއް ޔާމިނާއި އަދީބާއި މައުމޫނަށް: ގޮޅިއަށްލާފައި ނޫނީ ހުއްޓައިނުލާނަން

އޭނާގެ އަތުން ލާރި ފޭރުނު އެންމެން ގޮޅިއަށް ލާފައި ނޫނީ ހުއްޓައިނުލައްވާނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ވަގުންތަކެއް އައިސް ޤައުމު ހިޞާރުކޮށްފި ކަމަށާއި ނުބައި ނަތީޖާ ނުކުތް ހިސާބަކީ އެއީ ކަމަށެވެ.

ޑިމޮކްރަސީ ގެންނަންވެގެން މަސައްކަތް ކުރި މީހުންނަށް ދޯކާދީ, ވިޔަފާރިވެރިން އަތުން ލާރިނަގައި ފޭރިގަނެ، މަކަރާއި ހީލަތް ހަދައި ލޫޓުމާރުކޮށް.. ލަދުގަންނަންޖެހޭނެއެއްނު މައުމޫނު ވެސް މިއަދު. ކިނބިގަސްދޮށުގެއާއި އެންދެރިމާގެއާއި އިލްޔާސްކޮށްފައި ހުރި ވައްކަންތަކާއި މި ޤައުމުގައި ވަގުންނޭ މިއީ. ރައްޔިތުންނޭ ގަބޫލުކޮށްބަލަ

ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެ މީހުން ވަރަށް ވައްކަންކޮށްފިކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި ވައްކަން ނުކުރާ ހުރީ އެންމެ މީހެއް ކަމަށާއި އެއީ އޭނާކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޚާދިމު ޖާބިރު ނުކުރާނެ ވައްކަމެއް. ނުކުރާނެ އިނގޭތޯ. އަޅުގަނޑު ބުރަ މަސައްކަތުން ހޯދި ލާރި ފޭރިގަނެގެން، ޓަކައިގަނެގެން މި ވެރިން މި އުޅެނީ. އަޅުގަނޑަކީ ސުވާދީބު، އެ ސަރަހައްދަށް ނިސްބަތްވާ މީހެއް. އައްޑު އަތޮޅު، ހުވަދު އަތޮޅު މީހެއް އަޅުގަނޑަކީ. ހަނދާން ބަހައްޓާތި! އަޅުގަނޑު ރާއްޖޭގެ އެންމެހައި ރައްޔިތުން ކުރިމަތީ ވަޢުދު މިވަނީ. އަޅުގަނޑު އަތުނ ލާރި ފޭރުނު އެންމެން ގޮޅިއަށްލާފައި ނޫނީ ހުއްޓައިނުލާނަން. އެއީ ކިއެއްތޯ؟ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ލާނެ ވަރަށް އަވަހަށް. އޭނާގެ ގެދޮރު ވެސް ނަގާނެ. އަޅުގަނޑުމެންގެ ރިސޯޓުތަކަށް އޭނަ ހޭއަރުވައިލީ. އަދީބަށް އެތާ (ގޭގައި) ނީދެވޭނެ. އަދީބު ޖެހޭނީ ގޮޅިއަށްލާން.“

ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އަދީބު ގޭބަންދުގައި ބަހައްޓަނީ ކޮން ވީޑިއޯއެއް އޭނާގެ އަތުގައި އޮވެގެންތޯ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުގައި އަހަން ބޭނުންވާ ކަމަށެވެ.

މަސްދަރު: ދިޑެއިލީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތާރީޚް ޢިލްމުވެރިޔާ ނަދުވީ އަވަހާރަވެއްޖެ

ދިވެހި ތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު ވަޙީދު “ނަދުވީ” އަވާހާރަވެއްޖެއެވެ. އުސްތާޛް ...

ޖެރާޑް ޖެންސާރ ރާއްޖެ ސިފަ ކުރަނީ ވަރަށް ނިކަމެތިކޮށް، ކޮންމެ ދިވެއްސެއްގެ ވެސް ލޭ ހޫނުވާނެ: ޝިއާން

އީޔޫ ކައުންސިލްއަށް ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ގައިދީ މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ޖެރާޑް ...

މީދުން އިއްޔެ ގިނަބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އައްޑޫސިޓީ މީދުން އިއްޔެ ގިނަބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެވެ މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ މީދުން ...