މީދުން އިއްޔެ ގިނަބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އައްޑޫސިޓީ މީދުން އިއްޔެ ގިނަބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެވެ

މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ މީދުން 12 މީހަކުވަނީ ކޮވިޑަށް ޕޮޒިވް ވެފައެވެ. އިއްޔެ މީދުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ހައިރިސް މީހަކުވެސް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ

އިއްޔެ މީދުން ޕޮޒިޓިވްވި 12 މީހުންނާއެކު  މީދޫގެ އެކްޓިވް ކޭސްގެ އަދަދުވަނީ 24 އަށް ބަދަލުވެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ ޕޮޒިޓިވްވި މީހުނާއި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތްތައް ހުޅުމީދޫ ސިއްހީމަރުކަޒުން ދަނީ ކުރަމުންނެވެ.

މިހާރު ރާއްޖެއިން ގިނައިން ކޮވިޑަށް ޕޮޒިޓިވްވަމުން ދަނީ އަތޮޅު ތެރެއިންނެވެ. އަތޮޅު ތެރެއިން ޕޮޒިޓިވްވާ އަދަދުތައް އިތުރުވަމުން އަންނައިރު، އިއްޔެ ހަވީރާއި ހަމައަށް 24 ރަށެއް ކޮވިޑާއި ގުޅިގެންވަނީ ބަންދުކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޑަ ކުއްޖަކާ ބެހުނު ކަމަށް ތުހުމަތުވާ ފުލުސް މީހާ ސަސްޕެންޑު ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އައްޑޫ ސިޓީ ހިތަދޫން ހައްޔަރުކުރި ފުލުސްމީހާ ފުލުހުންގެ ވަޒީފާ އިން ސަސްޕެންޑް ކޮށްފި ...

“ދަރުމަވަންތަ ހޮސްޕިޓަލް އަންނައަހަރު ކުރީކޮޅު ހުޅުވޭވަރުވާނެ އަދި އައްޑޫގައި ޤާއިމުކުރާ ޓަރޝަރީ ހޮސްޕިޓަލް އަންނަ ޑިސެމްބަރ މަހާހަމައަށް ނިންމޭނެ”

މިހާރުކުރިއަށްދާ މަސައްކަތްތަކަށް ބުރޫނާރައި ކުރިއަށްގެންގޮސްފިނަމަ ދަރުމަވަންތަ ހޮސްޕިޓަލް މިއަންނަ އަހަރުގެ ކުރީކޮޅު ހުޅުވޭވަރު ވާނެކަމަށާ އަދި އައްޑޫގައި ޤާއިމުކުރާ ...

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އދ 76 ވަނަ  އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބްވެ ވަޑައިގެންފިއެވެ. އަބްދުﷲ ...