“ރާވެރިބޭ ކޮއްތުވެނި” ފުޑުކޯޓުތައް ރައީސް ހުޅުއްވާދެއްވައިފި

މާލޭ ހުޅަނގުފަރާތުގައި ސަރުކާރުން ތަރައްޤީކުރީ ޒަމާނީ ފުޑުކޯޓުތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ހަވާލުކޮށްގެން ތަރައްޤީކުރި މި ފުޑްކޯޓުތައް ހުޅުވީ ތިއެރެޓިކަލް ޕްލޭއަކުންނެވެ.

30000 އަކަފޫޓުގެ ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ މި ފުޑްކޯޓުތަކަކީ ޕްރީ ފެބްރިކޭޓްކޮށް ތަރައްޤީކޮށްފައިވާ ތަނެކެވެ. ހަތަރު ބްލޮކް ހިމެނޭ މިތަނުގައި 26 ފުޑް ކޯޓު ހުރެއެވެ. މި މަޝްރޫޢަށް 32 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. “ރާވެރިބޭ ކޮއްތުވެނި” މިނަމުގައި ތަރައްޤީކުރި ހުރިހާ ތަނެއްވެސް މިހާރުވަނީ ވިޔަފާރި އުސޫލުން ދޫކޮށްފައިކަމަށް އެސްޓީއޯއިން ބުނެއެވެ.

ފުޑްކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭ ހުޅަނގުފަރާތު ހާބަރު ސަރަޙައްދަކީ ކުރިން ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލާފައިވާ ދިރުމެއް ނެތް ސަރަހައްދެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ކުޑަކުދިންނަށް ޚާއްޞަ ޕާކަކާއެކު ތަރައްޤީކުރި މި ފުޑްކޯޓުތަކުގެ ސަބަބުން އެސަރަހައްދަށް އިތުރު ދިރުމެއް އައިސްފައިވާކަމަށާއި ޒަމާނީ ފެންވަރަށް ތަރައްޤީކުރި މި ފުޑްކޯޓުތަކަކީ ރައީސް ޢަބްދުﷲ ޔާމީންގެ ކޮންސެޕްޓަކަށް ތަރައްޤީކުރި ތަނެއްކަމަށެވެ. މި ފުޑްކޯޓުތަކަކީ ކުޑަކުދިންނާއެކު އާޢިލާތަކަށް ހިތްފަސޭހަ ތަނަކަށް ވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ރައީސް ޔާމީންގެ ތަރައްޤީއަކީ ހަމައެކަނި ކޮންކްރީޓް ތަރައްޤީ ނޫން. މުޅި ރާއްޖެއިން ފެންނަނީ ފެހި، އިޖްތިމާއީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީ ޤައުމުގެ އިސްތިޤުލާލާ އެކު ރައީސް ޔާމީން ގެނެސްދެއްވަމުންދާތަން.” ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

އަލަށް ތަރައްޤީކުރި ފުޑްކޯޓުތަކުގައި މިހާރު ޚިދުމަތް ދެމުން އަންނައިރު މި ސަރަޙައްދަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާގޮތަށް ހަމަޖައްސާފައިވާ ސަރަޙައްދެކެވެ.

ފުޑްކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮއްތުވެނި ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮއްތުވެނީގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި އެތަންތަން ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ކެރަލާއަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފި

ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދިވެހިން އިންޑިޔާގެ ކެރެލާއަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ. ފޮރިން ...

“ރެހެންދި އެވޯޑު” ލިބުނު ސ.މީދޫ އަހުމީމާ ލުޠުފީ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ބޭއްވުނު ރެހެންދި އޯވޯޑް ނައިޓްގައި އެވޯޑް ...

ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ : ފުލުހުން

ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ...