ކޮންޓެއިނަރު ޝިޕެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ސިއްހީ ހާލު ދެރަވުމުން ސިފައިން އެހީތެރިވެއްޖެ

ކޮންޓެއިނަރު ޝިޕެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އައްޑޫ އަތޮޅާ 436 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ “އެމްއެސްސީ ރަވެނާ” ނަމަކަށް ކިޔާ ކޮންޓެއިނަރު ޝިޕެއްގައި ހުރި އުމުރުން 26 އަހަރުގެ ފިލިޕީންސް ފަޅުވެރިއެއްގެ ޞިއްޙީ ހާލުދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިމަހުގެ 19 ވަނަ ދުވަހުގެ 15:13 ހާއިރު އެވެ.

އަދި މި ކޮންޓެއިނަރު ޝިޕު އައްޑޫ އަތޮޅާ 4 ނޯޓިކަލް މޭލު ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސީ އެމްބިއުލާންސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންޓެއިނަރު ޝިޕު އޮތް ސަރަހައްދަށް ގޮސްފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ އެހީތެރިކަމާއެކު ބަލި މީހާ ކޮންޓެއިނަރު ޝިޕުން ބާލައި، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް އިއްޔެ ( 20/8/2022 ގެ ) 17:05 ހާއިރު ވަނީ ގެންގޮސްދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބިރުދައްކާ މަރުގެ އިންޒާރު ދިނަސް ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސް ޖެހުމެއް ނެތް: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކޮމިޝަންގެ މެމްބަރުންނާއި އެ ކޮމިޝަނުގެ މުވައްޒަފުން ދެމި ތިބޭނެކަމުގެ ޔަޤީންކަން ...

އިސްރާއީލުގެ މީހުން ރާއްޖެ އައުން ހުއްޓުވުމަށް ހުށައަޅައިފި

އިސްރާޢީލުގެ ފަތުރުވެރިން ރާއްޖެއަށް އައުން މިހާރުން މިހާރަށް ހުއްޓުވުމަށް ގޮވާލާ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު، ...