ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލުކުރައްވައި، ބޮޑުވަޒީރު ސަރުކާރު ހިންގާ ގޮތަށް، އަދި ދައުލަތުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ރައީސް ހުންނަވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގާނޫނުއަސާސީ އަށް ގެންނަވަން މަސައްކަތްކުރައްވާ އިސްލާހު އާންމު ކުރައްވައިފިއެވެ.

ނަޝީދު އެ އިސްލާހު ހުށަހަޅުއްވާ ގޮތަށް އޮތީ އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްގައެވެ.

އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުގައި، ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައީސްކަން ކަނޑައަޅައި، ލިބިވަޑައިގަންނަވާނެ ބާރުތައް ވަނީ ތަފްސީލް

ކުރައްވައިފައެވެ. އެ އިސްލާހުތަކުގައިވާ ގޮތުން ރައީސަށް ލިބިދޭ ބައެއް ބާރުތަކަކީ:

  • ރައީސަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ، ވުމާއެކު ހަނގުރާމަ ނުވަތަ ސުލްހަ އިއުލާނު ކުރުމާއި ކުއްލި ހާލަތު އިއުލާނު ކުރުމުގެ ބާރު
  • ބޭރު ގައުމުތަކަށް ސަފީރުން އައްޔަނު ކުރުމާއި މަޖިލީހުގެ މަޝްވަރާގެ މަތިން އަނބުރާ ގެންދިއުން، އަދި ފަތްކޮޅު ބަލައިގަތުމާއި އަނބުރާ ގެންދިއުމުގެ ލިޔުން ބަލައިގަތުމުގެ ބާރު
  • ގާނޫނުއަސާސީން މަތިކޮށްފައިވާ ކޮމިޝަންތަކަށް މެންބަރުން އައްޔަނު ކުރުމަށް ލިބިދޭ ބާރު
  • ގައުމީ މައްްސަލަތަކުގައި ފެންނަ ނުފެންނަ ވޯޓު ނެގުމާއި ބަންދު ދުވަސްތައް ކަނޑައެޅުމުގެ ބާރު

އެ އިސްލާހުގައިވާ ގޮތުން، ބޮޑުވަޒީރު ހިންގާ ގޮތަށް ސަރުކާރު އެކުލަވާލާނީ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީންނެވެ. އެ އަދަދަށް އެއްވެސް ޕާޓީއަކުން ގޮނޑި ކާމިޔާބު ނުކުރެވިއްޖެ ނަމަ، މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި އިތުރު ޕާޓީތަކާ ގުޅިގެން ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އެ އިސްލާހުގައި ފަހިކޮށްދީފައިވެއެވެ.

އެހެންކަމުން، ބޮޑުވަޒީރު ކަމަށް އައްޔަނުކުރާނީ އެ އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19: އިތުރު 15 މީހަކު ރަނގަޅުވެ ރަގަޅުވި މީހުންގެ އަދަދު 144 އަށް

ކޯވިޑް-19 އަށް ރާއްޖެއިން  ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 15 މީހަކު ބަލިން ރަގަޅުވެއްޖެވެ.  މިއާއެކު ރާއްޖެއިން  މި ...

ނޫރައްދީން އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރައްވަން ނިންމަވައިފި

އެމްޑީޕީގެ ފަރާތުން މީދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމި މީދޫގެ މަޝްހޫރު ޒުވާން ވިޔަފާރިވެރިޔާ އަލީނޫރައްދީން އެމްޑީޕީގެ ...

ކޮވިޑްގެ ބިރުވެރިކަން އަތޮޅުތެރެއަށް، އެދެނީ އުސޫލު ހަރުދަނާކުރަން

އާ އާންމު ހާލަތުގައި އުޅެންޖެހޭ ، އުސޫލު ބަދަލުކޮށް މާލޭން އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށުމާއެކު ...