އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތިން މީހަކަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

ބަންގްލަދޭޝް އަލަމްގީރް އާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތިން މީހަކަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވި ތިން މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ނާޒިމް ސައްތާރު އާއި މަޖިލީހުގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދު އާއި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީގު އެވެ.

އެ ތިން މީހުންގެ މައްޗަށް ފުލުހުން ދައުވާކޮށްދޭން އެދިފައިވާ ކަމަށް ޕީޖީއިން ވަނީ މިޑިއާއަށް ކަށަވަރު ކޮށްދީފައެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ތިން މީހުނަށް ދައުވާ ކުރުމާއި ގުޅޭގޮތުން މަޝްވަރާއަށް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ އުފުލަން އެދިފައި ވަނީ ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަލަމްގީރް އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ 38 މީހެއްގެ ވީޑިއޯއެއް ފުލުހުން ދަނީ ތަހުލީލް ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ބެސްޓް ޕްރެޒިޑެންޓް” ލިސްޓުގެ ނުވަ ވަނައިގާ ރައީސް ޔާމީން

އޮސްޓްރިއާގެ ރިސަރޗް ފާރމްއެއްކަމަށްވާ “ސްޓެޓިސްޓިކާ އިންކް” އިން އެކުލަވާލި “ބެސްޓް ޕްރެޒިޑެންޓް” ލިސްޓުގެ ނުވަ ވަނައިގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ...

ފެނަކަ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހަދަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހުރިހާ ހިއްސާއެއް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް، އެސް.ޓީ.އޯ އިން ގަނެ މިއަހަރުގެ ...

އާޔަތްތައް ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ބުނި ބުނުން ބާތިލްކުރިން

ގުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ބުނި ބުނުން ފަހުން ބާތިލު ކުރި ކަމަށް އެޑިއުކޭޝަން ...