ކާނަލް ނަޝީދަށް ދަޢުވާކުރާކަށް އަދި ނުފޮނުވާ: ޕީޖީ

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާ އެއްކޮށް ‏އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް ނަޝީދު) އަށް ދަޢުވާކުރަން އަދި ނުފޮނުވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަޙްމަދު ޝަފީޢު މިރޭ ވިދާޅުވީ ކާނަލް ނަޝީދަށް ދަޢުވާކުރަން އެދި ފުލުހުން ޕީޖީއަށް ފޮނުވާފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް އޭނާއަށް ދަޢުވާކުރުމަށް އެދި އަދި އެ އޮފީހަށް ނުފޮނުވާ ކަމަށެވެ.

އަލަމްގިރިއާ އެއްކޮށް ‏އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވުނީ 38 މީހުންނެވެ. އޭގެތެރޭގައި އެއްވެސް ވަޒީރެއްގެ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ވަނީ ވިދާޅުވެފައެވެ.

އަދި މައްސަލަތައް ނިމޭ މިންވަރަކުން ޕީޖީއަށް ފޮނުވާނެކަމަށް ވެސް ސީޕީ ޙަމީދު ވަނީ ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި ...

ސިފައިންގެ 14 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް އިއްޔެ ( 29-4-2020 ވަނަ ދުވަހު )  14 ސިފައިން ޕޮޒިޓިވް ވެއްޖެވެ. ރޭ ބޭއްވުނު ...

މީދޫ ޒުވާނުންގެ ” ޔޫތު ޗެލެންޖް 2020″ ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި

މީދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ ޔޫތުޗެލެންޖް 2020 ފުޓްބޯޅަ މުބާރާތް ހުކުރު ދުވަހު ހަވީރު ފަށައިފި އެވެ މީދޫ ...