އެމެރިކާ އާއި ކެނެޑާ އަށް ކުރިމަތިވެފައިވާ ސްނޯގެ ތޫފާން

އެމެރިކާ އާއި ކެނެޑާގެ ބައެއް ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ސްނޯގެ ތޫފާނުގެ ސަބަބުން އެ ސަރަހައްދުތަކުން ކަރަންޓު ކެނޑި، ދަތުރުފަތުރު ހުއްޓި، ފެން ގަނޑުވެ، އާންމުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.

ސްނޯގެ ތޫފާން އައިސްފައިވަނީ ކެނެޑާގެ ހުޅަނގުގެ ސަރަހައްދުތަކަށާއި އެމެރިކާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށެވެ.

ސްނޯގެ ތޫފާންގައި ފިނި ހޫނުމިން މައިނަސް ތިރީސް ޑިގްރީ އާއި މައިނަސް ސާޅީސް ޑިގްރީއާ ދެމެދުގެ މިންވަރަކަށް ދަށަށްގޮސްފައިވާ ކަމަށާއި ދަތުރުފަތުރު ނުކުރެވޭ ވަރަށް މަގުތަކުގައި ސްނޯ ގިނަވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ މޫސުމާބެހޭ މަރުކަޒީ އިދާރާއިން ބުނީ، ކުރިއަށްއޮތީވެސް ސްނޯގެ ދުވަސްތަކެއްކަމަށާއި މިހާލަތު ހަފުތާއަކަށްވުރެ ދިގުލައިގެންދާނެ ކަމަށެވެ.

ކެނެޑާގެ މޫސުމާބެހޭ އިދާރާއިން ބުނީ ސްނޯގެ ތޫފާނުން ސަލާމަތްވާނެކަމަށް ލަފާކުރެވެނީ ޖަނަވަރީ މަހުގެ ދެވަނަ ހަފުތާގައި ކަމަށެވެ.

އެމެރިކާ އާއި ކެނެޑާގެ ޑިޒާސްޓަރ މެނޭޖްމަންޓާ ބެހޭ އިދާރާތަކުން ގެންދަނީ ކަރަންޓް ކަނޑައިގެން ގޮސްފައިވާ ގޭބިސީތަކަށް ކަރަންޓް ފޯރުކޮށްދިނުމަށާއި ސްނޯގެ ސަބަބުން ގެތަކުގައި ތާށިވެފައިތިބި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ކަމަށް އެ އިދާރާތަކުން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕްރިންސް ހެރީއާއި މޭގަން މާކަލް ކައިވެނިކޮށްފި

އިނގިރޭސިވިލާތުގައި ޕްރިންސް ހެރީއާއި މޭގަން މާކަލް ކައިވެނިކޮށްފިއެވެ ޢުމުރުން 33 އަހަރުގެ ޕްރިންސް ހެރީ އާއި ޢުމުރުން 36 ...

އަވަހާރަކޮށްލި ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޕާރޓީއިން ޖަޕާނުގެ އިންތިޙާބު ކާމިޔާބު ކޮށްފި

ޖަޕާނުގައި ޖުލައި 10 ވަނަ ދުވަހު ބޭއްވުނު ހައުސް އޮފް ކައުންސިލާރސްގެ އިންތިޙާބު ޖަޕާނުގެ ވެރިކަން ކުރާ ޕާރޓީ ...

ބެން-ގުވީރު އަޤްޞާއަށް ގޮސް މުސްލިމުންނަށް ފުރައްސާރަކޮށްފި

ޔަހޫދީ އިސްރާޢީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގުވީރު ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ...