ކޮވިޑް ވައިރަހުގެ މުޅިން އައު ވޭރިއެންޓެއް އިންޑިއާއިން އަނެއްކާވެސް ފެނިއްޖެ

ކޮވިޑް ވައިރަހުގެ މުޅިން އައު ވޭރިއެންޓެއް އިންޑިއާއިން ފެނިއްޖެކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

އަލަށް ފެނުނު ވޭރިއެންޓަށް އިންޑިއާގައި ނަން ދީފައިވަނީ “ޑެލްޓާ ޕްލަސް” ގެ ނަމުންނެވެ.

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ “ޑެލްޓާ” ގެ ނަމުން ނަންދެވިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓަކީވެސް އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ވައިރަސްއެކެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުން ފެނުނު ކޮވިޑް ވައިރަހުގެ ވޭރިއެންޓްތަކަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަކި ނަންތަކެއް ކަނޑައެޅިއިރު، އިންޑިއާއިން ފެނުނު ވައިރަހަށް ކިޔާފައިވާ ނަމަކީ “ޑެލްޓާ” އެވެ.

އަދި ޑެލްޓާ ވޭރިއެންޓަކީ ވަރަށް ހަލުވިކަމާއެކު މީހުންގެ މެދުގައި ކޮވިޑްބަލި ފަތުރަމުންދާ ވައިރަހެއްކަމުން، މިއީ ނުރައްކާތެރި ވޭރިއެންޓެއްގެ ގޮތުގައިވެސް ޑަބްލިޔޫއެޗްއޯއިން ވަނީ ލިސްޓުކޮށްފައެވެ.

ޑެލްޓާ ވޭރިއެންޓުގެ ކަންބޮޑުވުން މުޅި ދުނިޔެއަށް ފެތުރެމުންދާއިރު، އިންޑިއާއިން އަނެއްކާވެސް މިވަނީ އިތުރު އައު ވޭރިއެންޓެއް ފެނިފައެވެ.

މި ވޭރިއެންޓަށް އިންޑިއާއިން “ޑެލްޓާ ޕްލަސް” ގެ ނަމުން ނަންދީފައި ވާއިރު، މި ވޭރިއެންޓްގެ ކޭސްތަކެއް އިންޑިއާގެ ތިން ސްޓޭޓަކުން ފެނިފައިވާ ކަމަށް އިންޑިއާގެ މައި ސަރުކާރުގެ ހެލްތު ސެކްރެޓަރީ ރާޖޭޝް ބުޝާންވަނީ ވިދާޅުވެފައެވެ. މަހާރަޝްޓްރާ ސްޓޭޓުން އެކަނިވެސް 16 ކޭސް ފެނިފައިވެއެވެ.

އަލަށް ފެނުނު ޑެލްޓާ ޕްލަސްއަކީވެސް މީހުންގެ މެދުގައި ވަރަށް ހަލުވިކަމާއެކު ބަލިފަތުރާ ވޭރިއެންޓެއް ކަމުން، މިކަމަށް ސަމާލުވުމަށް އިންޑިއާ ސަރުކާރުގެ ހެލްތު މިނިސްޓްރީން މިހާރުވަނީ ސްޓޭޓް ސަރުކާރުތަކަށް އަންގާފައެވެ.

ކޮވިޑްބަލީގެ ހާލަތު އޭޕްރީލް މަހާއި މެއިމަހު ވަރަށް ބޮޑަށް ގޯސްވެގެން ދިއުމަށްފަހު ޕޮޒިޓިވް ކޭސްތައް މަދުވާން ފެށުމުން އިންޑިއާގެ ބައެއް ސްޓޭޓްތަކުން މިހާރުވަނީ ލުއިތައް ދޭން ފަށާފައެވެ.

އެހެން ނަމަވެސް، ބަލިން ދިފާއުވުމަށް ވެކްސިން ޖެހުމަށް މައި ސަރުކާރުން ހިންގާ ޕްރޮގްރާމް އިތުރަށް ފުޅާކޮށް މިހާރު ގެންދަނީ ވަރުގަދަ ކުރަމުންނެވެ.

މަސްދަރު: ވީނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމެރިކާގެ ރައީސް ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ސީއެންއެންއިން ރިޕޯޓުކުރި ގޮތުގައި ވައިޓް ހައުސްގެ މީޑިއާއިން މިއަދު ވަނީ ...

ދޮގު ޙަބަރު ފަތުރާ ސޯޝަލް ނެޓްވޯކްތައް ޖޫރިމަނާކުރަނީ

ސޯޝަލް މީޑިއާގައި ހަޤީޤަތާއި ޚިލާފު، ދޮގު ޙަބަރު ފަތުރާ ފަރާތްތަކަށް ހަރުކަށި އަދަބުދޭ ޤާނޫނެއް ޖަރުމަންވިލާތުގައި ތަންފީޒުކުރަން ފަށައިފިއެވެ. ...

އެމެރިކާއާ ކުރިމަތިލުމުގައި ޕާކިސްތާނާއެކު ވާނަން- ޗައިނާ

އެމެރިކާގެ ބިރުދެއްކުންތަކާ ކުރިމަތިލުމުގައި ޕާކިސްތާނުގެ ފަހަތުގައި އޮންނާނެކަމުގެ ޔަޤީންކަން ޗައިނާއިން ދީފިއެވެ. ޕާކިސްތާނުން ޓެރަރިޒަމަށް އެހީތެރިވާކަމަށް އަދި އެމެރިކާއަށް ...