އެމެރިކާގެ އެއްވެސް އެހީއެއް ބަލައިނުގަތުމަށް ފަލަސްތީނުގެ މަދަނީ ޖަމާޢަތްތަކުން ނިންމައިފި

ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އިސްރާއީލުން ނިންމި ނިންމުން ބަލައިގަތުމަށާއި އިސްރާއީލުގައިވާ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމުގެ ސަބަބުން އެމެރިކާގެ އެއްވެސް އެހީއެއް ޤަބޫލުނުކުރުމަށް ފަލަސްތީނުގެ މަދަނީ ޖަމްއިއްޔާތަކުން ނިންމައިފިއެވެ.

ފަލަސްތީނުގެ ޗެރިޓީ މުއައްސަސާތަކާއި ޔުނިވަރސިޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ބުނީ އެމެރިކާގެ އެއްވެސް އެހީއެއް ބޭނުން ނުކުރާނެކަމަށާއި، އެމެރިކާއަކީ ފަލަސްތީނަށް ހެޔޮއެދޭ ޤައުމެއްނޫންކަމަށެވެ. ފަލަސްތީނުގެ މުއައްސަސާތަކާއި ޖަމާއަތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫއެސް އެއިޑްގެ ފަރާތުން ހުށަހެޅި އެހީތަކަކަށް އެޖަމިއްޔާތަކުން ނޫނެކޭ ބުނެފައިވާކަމަށެވެ.

އެމެރިކާ އިސްރާއިލާ ގުޅިގެން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަކުރާއިރު ފަލަސްތީނުގެ އެއްވެސް ރައްޔިތަކު އެމެރިކާގެ އެހީއަށް މަރުޙަބާ ނުކިޔާނެކަމަށް، ފަލަސްތީނުގެ މަދަނީ ޖަމިއްޔާތައް ތަމްސީލުކުރާ މަސްއޫލުވެރިއެއްކަމަށްވާ މައުމޫން އަލްޖާސިރު ވިދާޅުވިއެވެ. އަނެއްކޮޅުން ފަލަސްތީނުގެ 8 ޔުނިވަރސިޓީއަކުންވަނީ އެމެރިކާ ސަރުކާރުން އިންތިޒާމުކުރާ ބައްދަލުވުމެއްގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ.

ފަލަސްތީނުގެ މަދަނީ ޖަމްއިއްޔާތަކުގެ މި ފިޔަވަޅުގެ ސަބަބުން އެމެރިކާގެ ނުފޫޒު މެދުއިރުމަތީގައި ކުޑަވެގެންދާނެކަމަށް މުރާސިލުން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް ވައިރަހުގެ މުޅިން އައު ވޭރިއެންޓެއް އިންޑިއާއިން އަނެއްކާވެސް ފެނިއްޖެ

ކޮވިޑް ވައިރަހުގެ މުޅިން އައު ވޭރިއެންޓެއް އިންޑިއާއިން ފެނިއްޖެކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އަލަށް ފެނުނު ވޭރިއެންޓަށް ...

ޕްރިންސް ހެރީއާއި މޭގަން މާކަލް ކައިވެނިކޮށްފި

އިނގިރޭސިވިލާތުގައި ޕްރިންސް ހެރީއާއި މޭގަން މާކަލް ކައިވެނިކޮށްފިއެވެ ޢުމުރުން 33 އަހަރުގެ ޕްރިންސް ހެރީ އާއި ޢުމުރުން 36 ...

ޤައުމުގައި ހަމަޖެހުން ޤާއިމް ކުރަން މީސްމީޑިޔާގެ ބައެއް އެޕްތައް ލަންކާގައި ބްލޮކް ކޮށްފި

ސްރީލަންކާގެ ކޭންޑިގައި މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު އުފެދުނު ދީނީ ހަމަނުޖެހުންތަކަށް ފަހު މުޅި ޤައުމުގައި ކުއްލި ޙާލަތު އިއްޔެ ...