50 އަހަރު ފަހުން އެމެރިކާގައި އެބޯޝަން ހެދުން ނިމުމަކަށް ގެނެސްފި

އެމެރިކާގައި އެބޯޝަން ހުއްދަ ކޮށްފައި އޮތް އޮތުން އެގައުމުގެ ސުޕްރީމް ކޯޓުން ނިމުމަކަށް ގެނެސްފިއެވެ

މީގެ 50 އަހަރު ކުރިން އެބޯޝަން ހެދުން ހުއްދަ ކޮށްފައިވާ އޮތް އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އެބޯޝަން ހެދުމަކީ ހައްގެއް ނޫން ކަމަށް ކަނޑައަޅާ އެކަން ނިމުމަކަށް ގެނެސްފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ދިޔައީ މިސިސިޕީ ސްޓޭޓުގައި އެބޯޝަން މަނާ ކުރުމަށް ހެދި ގާނޫނަކާއި ހެދިއެވެ. އެ މައްސަލާގައި އެމެރިކާގެ ސުޕްރީމް ކޯޓުގައި ތިއްބަވާ 9 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުން ވަނީ އެބޯޝަން ހެއްދުމަކީ އަސާސީ ހައްގެއް ނޫން ކަމަށް ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާލުވީ މިއަދަކީ އެމެރިކާ އަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި މިއީ ވަރަށް ހަރުކަށި އެހާމެ ނުރައްކާތެރި ނިންމުމެއްގެ ގޮތުގައި ބައިޑެން ވަނީ ސިފަ ކުރައްވާފައެވެ.

“މިއީ ކޯޓަށާއި ގައުމަށް ވެސް ވަރަށް ހިތާމަވެރި ދުވަހެއް،” ބައިޑެން ވިދާޅުވިއެވެ.

“މީގެކުރިން މިފަދަ ނިންމުމެއް ކޯޓުން ނިންމާފައެއް ނުވޭ. ކޯޓުން މިވަނީ ފާޅުގައި އެމެރިކާގެ މިހާ ގިނަ ބަޔަކަށް އަސާސީ ދުސްތޫރީ ހައްގެއް ނިގުޅައިގެންފައި،” ބައިޑެން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިކަން ނިމުމަކަށް ގެނައުމާއެކު އެބޯޝަން ހަދާ ކްލިނިކުތައް ބަންދު ކުރަން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާއެކު އެބޯޝަން ހަދައިދޭ އެމެރިކާގެ ކްލިނިކުތަކުން ދަނީ އެބޯޝަން ހެދުމަށް އެޕޮއިންޓުމަންޓު ހައްދާފައިވާ މީހުންނަށް ގުޅާ ދެން އެކަން ނުކޮށްދެވޭނެ ކަމަށް އަންގަމުންނެވެ.

“މިއީ އަހަރެމެންނަށް ގޯސް ހަބަރެއް. އެކަމަކު މި ހަބަރު އައިސް ދާނެ ކަމަށް ބަލާ އަހަރެމެން މިތިބީ ތައްޔާރަށް،” އެބޯޝަން ހަދާ ކްލިނިކެއްގައި މަސައްކަތް ކުރާ ނަރުހަކު ބުންޏެވެ.

އެއްބަޔަކު ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ތާއީދުކޮށް އުފާފާޅު ކުރަމުން އަންނައިރު އަނެއް ބަޔަކު އަންނަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ފާޑުކިޔާ މަގުތަކަށް އެއްވެ މުޒާހަރާ ކުރަމުންނެވެ.

“އަހަރެން ހީކުރީ މިގައުމަކީ މީހުންނާއި މެދު ވިސްނާ ބައެއް ކަމަށް. ހާއްސަކޮށް އަންހެނުންނާއި މެދު ވިސްނާ ގައުމެއް ކަމަށް،” އެބޯޝަން ހެދުމަކީ ހައްގެއް ނޫން ކަމަށް ކަނޑައެޅުމުން އެކަމަށް ފާޑު ކިޔާ މީހަކު ބުންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިޔާގެ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަޑުއުފުލުން

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން އެ ޤައުމުގެ އުއްތަމަ ފަނޑިޔާރު ޑީޕަކް މިސްރާއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި ...

ކޮވިޑް ވައިރަހުގެ މުޅިން އައު ވޭރިއެންޓެއް އިންޑިއާއިން އަނެއްކާވެސް ފެނިއްޖެ

ކޮވިޑް ވައިރަހުގެ މުޅިން އައު ވޭރިއެންޓެއް އިންޑިއާއިން ފެނިއްޖެކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އަލަށް ފެނުނު ވޭރިއެންޓަށް ...

އޮޅިގެން ދެވުނު އިންޒާރުން ހަވާއީއަށް ބިރުވެރިކަން!

ޕެސިފިކް ކަނޑުގައި އޮންނަ 1.4 މިލިއަން މީހުންގެ އާބާދީގެ ޖަޒީރާއެއްކަމަށްވާ ހަވާއީއަށް މިދިޔަ ހޮނިހިރުދުވަސް ވެގެންދިޔައީ ބިރުވެރި ދުވަހަކަށެވެ. ...