ފަސޭހަކަމާއެކު ހުޅުދޫ ޔޫތު ބަލިކޮށް، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޖިއޯވެންޓް ސެމީ ފައިނަލަށް ދަތުރުކޮށްފި

މިނިވަން ކަޕް ޔޫތު ޗެލެންޖް 2022 ފުޓްބޯޅަ މުބާރާތުގައި ހުޅުދޫ ޔޫތުގެ ބޮޑު ތަފާތަކުން ބަލިކޮށް ގްރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައި ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ގްރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައި  ލިބުނު 3 ޕޮއިންޓާއެކު ޖިއޯވެންޓް ސެމީއަށް ދަތުރުކުރިއިރު މި ގްރޫޕްގެ އެއްވަނަ ހޯދައިގެން ސެމީން ޖާގަހޯދީފައިވަނީ ހިތަދޫ މައިލޯ ސިޓީއެވެ.

މިމެޗާއެކު ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމިފައިވާއިރު ހުކުރު ދުވަހު ސެމީ ފައިނަލުގެ  ފުރަތަމަ މެޗު ކުޅެވޭނެ އެވެ. ހުކުރު ދުވަހު ހަވީރު ކުޅެވޭ  ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މީދޫ ކްލަބް ލޮތާރި ނިކުންނާނީ ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑާއި ދެކޮޅަށެވެ.  އަދި ހޮނިހިރު ދުވަހު ކުޅެވޭ  ދެވަނަ ސެމީގައި މީދޫ ލޮތާރި ޖޫނިއާސް ނުކުންނާނީ މައިލޯ ސިޓީއާ ދެކޮޅަށެވެ.

މިއަދު ޖިއޯވެންޓާއި ހުޅުދޫ ޔޫތު ބައްދަލުކުރި މެޗުގައި ޖިއޯވެންޓަށް 4 ލަނޑުޖަހާ ދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ އަދި މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝުޖުއާންއެވެ. ދެން އެޓީމުން ކާމިޔާބުކުރި ލަނޑު ތަކުގެ ތެރެއިން 3 ލަނޑު ފައްތޭ ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ޝައްމާންއެވެ.

މިމެޗްގައި ހުޅުދޫ ޔޫތުން ކާމިޔާބުކުރި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އަޒާން ، ސަމީން އަދި ޒާއްލޯއެވެ.

ހުޅުދޫ އެޗްއެސްސީން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތް ކޮވިޑް 19 އާއި ގުޅިގެން ދެއަހަރުގެ މެދުކެޑުމަކަށްފަހު  މިއަހަރު ކުރިއަށް ގެންދަނީ   23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

މިމުބާރާތުގެ މެޗްތައް ހުޅުދޫ ޓާފް ދަނޑުގައި ކުރިއަށް ގެންދާއިރު  މުބާރާތުގެ ހުރިހާ  މެޗްތައްވެސް މިފަހަރު ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރުއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގެ ރައްޔިތުންނަކީ ނާތަހުޒީބު ބައެއްގެ ގޮތުގައި ދުނިޔެއަށް ވިއްކީ ކުރީގެ ރައީސް ނަޝީދު – ސައީދު

ރާއްޖޭގެ ރައްޔިތުންނަކީ ނާތަހުޒީބު ބައެއްގެ ގޮތުގައި ދުނިޔެއަށް ވިއްކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އިކޮނޮމިކް މިނިސްޓަރ ...

ޑޯޓްމަންޑް އަތުން ބަލިވެ، ޕީއެސްޖީ މުބާރާތުން ކަޓައިފި

ޗެންޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ...

އެމްޑީޕީއަށް ވަނީ ޑިމޮކްރަޓިކް އުސޫލުން ހިނގާ ޕާޓީއެއްކަމަށް ހީކޮށް: ރޮޒޭނާ

ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީ އަދި މިހާރު ވެރިކަން ކުރަމުންދާ މައިޕާޓީ އެމްޑީޕީއަށް ވަނީ ވަންނާނެ ޕާޓީއެއް ނެތިގެން ...