ޑޯޓްމަންޑް އަތުން ބަލިވެ، ޕީއެސްޖީ މުބާރާތުން ކަޓައިފި

ޗެންޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވެ ފްރާންސްގެ ޗެންޕިއަން ޕީއެސްޖީ މުބާރާތުން ކަޓައިފިއެވެ.

މިދެޓީމުގެ މެދުގައި ކުޅެވުނު ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހުގެރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗުވެސް 1-0 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކާމިޔާބުކޮށްފައިވާއިރު، އެޓީމު ފައިނަލުން ޖާގަ ހޯދީ 2-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

އަންގާރަ ދުވަހުގެރޭ ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފުގެ 5 ވަނަ މިނިޓްގައި ޑޯޓްމަންޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މެޓް ހަމަލްސް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ މިޑްފީލްޑަރު ޖޫލިއަން ބްރެންޑްޓް ގޯލުކުރިމަށްޗައް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑަށްފަހު މެޗުގެ ބާކީބައި ޑޯޓިމަންޑުން ކުޅުނީ މުޅި ޓީމު ފަހަތައްޖެހި ވަރަށް ޑިފެންސިވް ގޭމެކެވެ.

ޑިފެންސިވް ގޭމެއް ޑޯޓިމަންޑުން ކުޅުމުގެ ސަބަބުން ޕީއެސްޖީގެ މުޅި ޓީމު ކުރިއަށްޖެހި ޑޯޓްމަންޑުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ތެރެއިން މެޗުގެ ފަހުކޮޅު އެޓީމުގެ މިޑްފީލްޑަރު ވިޓީނިއާ އަދި ފޯވާޑް އެމްބާޕޭ ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވެއެވެ.

މިއީ 2013 ވަނަ އަހަރުގެ ފަހުން ބޮރޫޝިއާ ޑޯޓްމަންޑް ޔުއެފާ ޗެންޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. 2013 ވަނަ އަހަރު ޑޯޓްމަންޑް ޗެމްޕިއަންސްލީގުގެ ފައިނަލް މެޗު ކުޅެފައިވަނީ އިގިރޭސިވިލާތުގެ ވެރިރަށް ލަނޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. އަދި މިއަހަރުގެ މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ވެމްބްލީ ސްޓޭޑިއަމުގައިވެސް ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔުއެފާ އެވޯޑަށް ވާދަކުރަނީ ކަންޓޭ، ޖޯޖީނިއޯ އަދި ޑިބްރޭނާ

ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އިޓަލީގެ ޖޯޖީނިއޯ އާއި ...

ސެމީފައިނަލުން ފުވައްމުލަކު މާލެގަން ޖާގަ ހޯދައިފި

ފުވައްމުލަކު މާލެގަން ޓީމް ” ޑްރީމްސް ޕިއްޒާ” ވަގުތު ފުޓްސަލް ޗެލެންޖް  ގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ. މާލެގަން ...

މިނިވަންކަޕް ފުޓްސަލް މުބާރާތް 2019: ގްރޫޕް އޭގެ 1 ވަނަޓީމްގެ ގޮތުގައި ރިސޯޓްބޯއިސް ސެމީފައިނަލަށް

މިނިވަންކަޕް 2019 ގައި ރިސޯޓް ބޯއިސް އާއި ޕޮލިސް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ގްރޫޕް އޭގެ ...