ފާހި ރޮއްވާލުމަށްފަހު ލޮތާރި ޖޫނިއާސް ސެމީފައިނަލަށް

ފޭދޫ ފާހި ސްޕޯޓްސް ކަޓުވާލުމަށްފަހު މިނިވަން ކަޕް ޔޫތު ޗެލެންޖް 2022 ގެ ސެމީފައިނަލަށް  މީދޫ  ލޮތާރި ޖޫނިއާސް ދަތުރުކޮށްފި އެވެ.

ލޮތާރި ޖޫނިއާސް ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ފާހި ސްޕޯޓްސް އާއި ލޮތާރި ޖޫނިއާސް ބައްދަލުކޮށް މިއަދު ހަވީރު ކުޅެވުނު މެޗް 1 ލަނޑު 1 ލަނޑުން އެއްވަރުވުމުންނެވެ.

ގްރޫޕް އޭގައި ހިމެނޭ މިދެޓީމް ގްރޫޕް ސްޓޭޖްގައި ކުޅެންޖެހޭ ދެމެޗް ކުޅެ ނިމުނުއިރު ދެޓީމަށްވެސް ލިބިފައިވަނީ 1 ޕޮއިންޓެވެ.

އެކަމަކު  ލޮތާރި ޖޫނިއާސްއަށް ސެމީފައިނަލުން ޖާގަލިބިފައިވަނީ ފާހިސްޕޯސްއަށް ވުރެ ބައިކޮޅަށް ވަދެފައިވާ ލަނޑާއި ކާމިޔާބުކޮށްފައިވާ ލަނޑުތަކަށް ބެލުމަށްފަހުއެވެ.  މިގޮތުން ފާހި ސްޕޯޓްސް ކޮޅަށް 10 ލަނޑު ވަދެފައިވާއިރު އެޓީމަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ.  

ލޮތާރި ޖޫނިއާސް އަށް ބަލާއިރު އެޓީމު ކޮޅަށް 6 ލަނޑު ވަދެފައިވާއިރު އެޓީމަށް ކާމިޔާބުކުރެވިފައިވަނީ  ދެ ލަނޑެވެ.  

މިއަދުގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ފާހި ސްޕޯޓްސްއެވެ. އެޓީމުން ކާމިޔާބުކުރި ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްފައިވާއިރު ލޮތާރި ޖޫނިއާސްއިން މިމެޗްގައި ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފްގައެވެ.

ލޮތާރި ޖޫނިއާސްއާއި ފާހި ސްޕޯޓްސް ހިމެނޭ މިމުބާރާތުގެ ގްރޫޕް އޭއިން އެއްވަނަ ޓީމްގެ ގޮތުގައި ކުޅުނު ދެމެޗުން މޮޅުވެގެން ކްލަބް ލޮތާރިވަނީ  ސެމީފައިނަލަށް ހޮވިފައެވެ.

ހުޅުދޫ އެޗްއެސްސީން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތް ކޮވިޑް 19 އާއި ގުޅިގެން ދެއަހަރުގެ މެދުކެޑުމަކަށްފަހު  މިއަހަރު ކުރިއަށް ގެންދަނީ   23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

މިމުބާރާތުގެ މެޗްތައް ހުޅުދޫ ޓާފް ދަނޑުގައި ކުރިއަށް ގެންދާއިރު  މުބާރާތުގެ ހުރިހާ  މެޗްތައްވެސް މިފަހަރު ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރުއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާފަރަށް މިހާތަނަށް ޖެއްސި ޖެޓުތަކުގެ އަދަދު މިދިޔައަހަރަށްވުރެ އިތުރު

މިއަހަރުގެ މެއިމަހުގެ ނިޔަލަށް ފަތުރުވެރިންނާއެކު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 280 އަށްވުރެ ގިނަ ޕްރައިވެޓް ޖެޓު ޖައްސާފައިވާކަމަށް އައިލެންޑް ...

ފުވައްމުލަކުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ފުވައްމުލަކުން  ފެށިގެން އައްޑޫ ސިޓީއާ ހަމައަށް   މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ...

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – އެފްސީ އަފިރިން މެޗް ނުކުޅެ ދޫކޮށްލުމުން 3 ޕޮއިންޓް ލިބި އޭ ގްރޫޕްގެ 1 ވަނަ އޭޓީއަށް

ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް ފުޓްބޯޅަ މުބާރާތުގައި  ހޯމަދުވަހުގެރޭ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތް މެޗްގައި އޭޓީ ސްޕޯޓސްއާއި ...