ފާހި ރޮއްވާލުމަށްފަހު ލޮތާރި ޖޫނިއާސް ސެމީފައިނަލަށް

ފޭދޫ ފާހި ސްޕޯޓްސް ކަޓުވާލުމަށްފަހު މިނިވަން ކަޕް ޔޫތު ޗެލެންޖް 2022 ގެ ސެމީފައިނަލަށް  މީދޫ  ލޮތާރި ޖޫނިއާސް ދަތުރުކޮށްފި އެވެ.

ލޮތާރި ޖޫނިއާސް ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ފާހި ސްޕޯޓްސް އާއި ލޮތާރި ޖޫނިއާސް ބައްދަލުކޮށް މިއަދު ހަވީރު ކުޅެވުނު މެޗް 1 ލަނޑު 1 ލަނޑުން އެއްވަރުވުމުންނެވެ.

ގްރޫޕް އޭގައި ހިމެނޭ މިދެޓީމް ގްރޫޕް ސްޓޭޖްގައި ކުޅެންޖެހޭ ދެމެޗް ކުޅެ ނިމުނުއިރު ދެޓީމަށްވެސް ލިބިފައިވަނީ 1 ޕޮއިންޓެވެ.

އެކަމަކު  ލޮތާރި ޖޫނިއާސްއަށް ސެމީފައިނަލުން ޖާގަލިބިފައިވަނީ ފާހިސްޕޯސްއަށް ވުރެ ބައިކޮޅަށް ވަދެފައިވާ ލަނޑާއި ކާމިޔާބުކޮށްފައިވާ ލަނޑުތަކަށް ބެލުމަށްފަހުއެވެ.  މިގޮތުން ފާހި ސްޕޯޓްސް ކޮޅަށް 10 ލަނޑު ވަދެފައިވާއިރު އެޓީމަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ.  

ލޮތާރި ޖޫނިއާސް އަށް ބަލާއިރު އެޓީމު ކޮޅަށް 6 ލަނޑު ވަދެފައިވާއިރު އެޓީމަށް ކާމިޔާބުކުރެވިފައިވަނީ  ދެ ލަނޑެވެ.  

މިއަދުގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ފާހި ސްޕޯޓްސްއެވެ. އެޓީމުން ކާމިޔާބުކުރި ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްފައިވާއިރު ލޮތާރި ޖޫނިއާސްއިން މިމެޗްގައި ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފްގައެވެ.

ލޮތާރި ޖޫނިއާސްއާއި ފާހި ސްޕޯޓްސް ހިމެނޭ މިމުބާރާތުގެ ގްރޫޕް އޭއިން އެއްވަނަ ޓީމްގެ ގޮތުގައި ކުޅުނު ދެމެޗުން މޮޅުވެގެން ކްލަބް ލޮތާރިވަނީ  ސެމީފައިނަލަށް ހޮވިފައެވެ.

ހުޅުދޫ އެޗްއެސްސީން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތް ކޮވިޑް 19 އާއި ގުޅިގެން ދެއަހަރުގެ މެދުކެޑުމަކަށްފަހު  މިއަހަރު ކުރިއަށް ގެންދަނީ   23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

މިމުބާރާތުގެ މެޗްތައް ހުޅުދޫ ޓާފް ދަނޑުގައި ކުރިއަށް ގެންދާއިރު  މުބާރާތުގެ ހުރިހާ  މެޗްތައްވެސް މިފަހަރު ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރުއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ށ.އަތޮޅުގެ 5 ރަށަކާ ނ. ހޮޅުދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. އެޗްޕީއޭ އިން ...

ގައުމުން ވަރުގަދަ ތައްލިހި މޮޅުވިޔަނުދީ ހިފަހައްޓައިފި

ހުޅުމީދޫގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތްކަމަށްވާ މިނިވަންކަޕް ފުޓްސަލް މުބާރާތުގައި އިއްޔެ  ހަވީރު ކުޅުނު މެޗުން ގައުމުން ވަރުގަދަ ...

ޔޫރޯ 2020 – ރޭ ކުޅެވުނު ތިން މެޗް ކާމިޔާބުކުރީ އިންގެލެންޑް ، އޮސްޓްރިއާ އަދި ނެދަލެންޑްސް

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީފައިނަލްގައި އިންގްލެންޑް ބަލިކޮށް ފައިނަލުން ޖާގަ ހޯދި ކްރޮއޭޝިއާ މައްޗަށް ޔޫރޯ ...