މާފަރަށް މިހާތަނަށް ޖެއްސި ޖެޓުތަކުގެ އަދަދު މިދިޔައަހަރަށްވުރެ އިތުރު

advertisement

މިއަހަރުގެ މެއިމަހުގެ ނިޔަލަށް ފަތުރުވެރިންނާއެކު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 280 އަށްވުރެ ގިނަ ޕްރައިވެޓް ޖެޓު ޖައްސާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

މިއަހަރުގެ މިހާތަަނަށް 280 ޕްރައިވެޓް ޖެޓް މާފަރަށް ޖައްސާފައިވާއިރު މިދިޔަ އަހަރު ނިމުނު އިރު އެ އެއަރޕޯޓަށް ޖައްސާފައިވަނީ 253 ޕްރައިވެޓް ޖެޓެވެ.

2019 ވަނަ އަހަރު ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑް އޭވިއޭޝަނުން ހާމަކުރާގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު އެ އެއަރޕޯޓަށް ގިނަ އަދަދަކަށް ޖެޓްތައް ޖައްސާފައިވާ ކަމަށެވެ. އަދި ޖެޓުތަކުގައި 1306 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް އެކުންފުނިން ހާމާކުރެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަން އެއަރޕޯޓްސްގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ޖެޓުތަކުގައި އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ ރަޝިއާ ފަތުރުވެރިންނާއި، މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ 74 ޖެޓެވެ. ފެބްރުއަރީމަހު 56 ޖެޓު އެ އެއަރޕޯޓަށް ޖައްސާފައިވާއިރު، މަރޗުމަހު ޖައްސާފައިވަނީ 72 ޖެޓެވެ. އަދި އޭޕްރީލްމަހު 52 ޖެޓު އެއަރޕޯޓަށް ޖައްސާފައިވާއިރު، މޭމަހު މި އަދަދު ހުރީ 29 ގައެވެ.

މުމްތާޒް ވިދާޅުވީ މާފަރަށް ޖައްސާ ޕްރައިވެޓް ޖެޓުތައް މިހާރު ދަށްވެފައިވާކަމަށެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ކޮންރެޑް ރަންގަލި ރިސޯޓު މަރާމާތަށް ބަންދުކޮށްފައިވުމާއި، ވެލާ ރިސޯޓްވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަރާމާތަށް ބަންދުކުރަން ނިންމާފައިވުމުން ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމުގެ ލޯ ސީސަނަށް ކަމަށްވުމުން އެކަމުގެ އަސަރުވެސް ރާއްޖެއަށް އަންނަ ޖެޓުތަކުގެ އަދަދަށް ކޮށްފައިވާކަން މުމްތާޒް ފާހަގަކުރެއްވިއެވެ.

މާފަރު އިންޓަރނޭޝަލް އެއަރޕޯޓަށް ޖައްސާ ޖެޓުތަކުގައި އާއްމުގޮތެއްގައި އަންނަނީ ނ.އަތޮޅުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިނެވެ. ނ.އަތޮޅަކީ ގިނަ އަދަދެއްގެ މަތީ ފަންތީގެ ރިސޯޓުތައް ތަރައްޤީކޮށްފައިވާ އަތޮޅެކެވެ.

ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 3600 މީޓަރެވެ

މަސްދަރު : ޕީއެސްއެމް ނިއުސް

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ : 60 ދިވެހިން އަދި 68 ބިދޭސީން

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވެފައިވަނީ ޖުމްލަ 128 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން މި ...

އިތުރު 2838 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 2838 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ...

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- 5 ވަނަމެޗްވެސް އައްޑޫސިޓީ ޕޮލިސް ކާމިޔާބުކޮށްފި

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ 5 ވަނަ މެޗްވެސް އައްޑޫސިޓީ ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު މީދޫ ...