އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފި އުވާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 4 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ ޖޫން 27 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، ހައިކޯޓުގެ ފަނޑިޔާރުން ޤާއިމްވެ ތިބޭނީ މާލޭގައި ކަމަށް ކަނޑައެޅުމާއި، ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައްވައި އެތަންތަނުން ކުރަމުން އައި މަސައްކަތްތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަދަލުކުރުމެވެ.

އަދި ހައިކޯޓުގެ ގޮފިތަކުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެންކޯޓުތަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދިނުނުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޙަވާލުކުރުން ހިމެނެއެވެ.

މިޤާނޫނު ތަސްދީޤުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވި ޢަމަލުކުރަން ފެށިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެކުވެރި ގައުމުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފަތުރާ- ސަރުކާރު

ސިޔާސީ ލީޑަރުން ޒިންމާދާރުވެ އެކުވެރި ގައުމުތަކާއި މެދު އޮންނަ ގުޅުން ހީނަރުވާ ފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ސަރުކާރުން ...

އަައްޑޫގައި ބާއްވާ ސްކޫލުތަކުގެ އެތުލެޓިކްސްގައި މިފަހަރު 37 ސްކޫލް ބައިވެރިވޭ

އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް އަންނަ ފެބުރުވަރީ މަހު އައްޑޫ ސިޓީގައި ބާއްވަން އެތްލެޓިކްސް އެސޯސިއޭޝަނުން ނިންމައިފިއެވެ. އެ ...

ހުޅުދޫގައި މިރޭ ހިންގި މާރާމާރީއެއްގައި ފޭދޫ ޒުވާނެއްގެ ބޯފަޅާލައިފި

ހުޅުދޫގައި މިރޭ ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ބޯ ފަޅާލައިފި އެވެ. މިރޭ ގާތްގަނޑަކަށް 7:30 ހާއިރު ހިނގި މި ...