ކްލަބް ލޮތަރީގެ ޓީމަށް ސަޕޯޓް ކޮށްދިނުމަށް ވީހާވެސް ގިނަ ފަރާތްތަކަކުން ވަޑައިގެން ދެއްވުމަކީ އެޓީމުގެ ވަރަށް ބޮޑު އެދެމެއް

ހުޅުދޫ  ބާއްވާ ” މިނިވަންކަޕް 2022 ޔޫތު ޗެލެންޖް ”  ފުޓްސަލް މުބާރާތުގެ ކުޅުން މިއަދު ހަވީރު ފަހެއްޖަހާއިރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅެވޭ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މީދޫ ކްލަބް ލޮތަރި އާއި ފޭދޫ ފާހި ސްޕޯޓްސް ކްލަބް ބައްދަލުކޮށްކުޅެވޭ މެޗެވެ.

ވީމާ އަދު ހަވީރު ކުޅެވޭ މިމެޗްގައި ވާދަކުރާ މީދޫ ކްލަބް ލޮތަރީގެ ޓީމަށް ހިތްވަރުދީ ސަޕޯޓް ކޮށްދިނުމަށް މީދޫގެ ވީހާވެސް ގިނަ ފަރާތްތަކަކުން ވަޑައިގެން ދެއްވުމަކީ މިމެޗްގައި މީދޫ ތަމްސީލްކުރާ ކްލަބް ލޮތަރީގެ ވަރަށް ބޮޑު އެދުމެކެވެ.

ހުޅުދޫ އެޗްއެސްސީން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތް ކޮވިޑް 19 އާއި ގުޅިގެން ދެއަހަރުގެ މެދުކެޑުމަކަށްފަހު  މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

މިމުބާރާތުގެ މެޗްތައް މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުދޫ ޓާފް ދަނޑުގައެވެ. އަދި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެ މަޖިލިހަށް ހުށަހެޅި ގަރާރެއް ލިބިފައިވާ ކަމަށް މަޖިލީހުން ...

ކޮވިޑް 19 – މިއަދު ހުޅުދޫއާއި މީދުން ނެގުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްނުވޭ

ހުޅުދޫއާއި މީދުން މިއަދު ނެގި އެއްވެސް ސާމްޕަލެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިނުވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން މައުލޫމާތު ...

ނޭމާއަށް ދެ މެޗުގެ ސަސްޕެންޝަނެއް

ނޭމާގެ އިތުރުން ޕަރޭޑޭސް 2 މެޗަށް ، ކުރްޒާވާ 6 މެޗަށް ، އަމާވީ 3 މެޗަށް އަދި ...