ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އުސްމާން ޑެމްބެލޭ، އެ ކުލަބުގައި އިތުރު ދެ އަހަރު މަޑުކުރަން ނިންމައި އެއްބަސްވުން އާކޮށްފިއެވެ.

ޑެމްބެލޭ ބާސާއާއެކު އެއްބަސްވުން އާކޮށްފައިމިވަނީ އޭނާގެ އެއްބަސްވުމުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހަށް ހަމަވެފައިވަނިކޮށެވެ.

އެހެންކަމުން އައު އެއްބަސްވުމުގެ ދަށުން ޑެމްބެލޭ އެ ކުލަބުގައި 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދެމިހުންނާނެއެވެ. ޑެމްބެލޭ ބާސާއާ ގުޅިފައިވަނީ 2017 ވަނަ އަހަރު، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑުން 96.8 މިލިޔަން ޕައުންޑްގެ އަގަކަށެވެ.

އޭނާ ވަނީ މިހާތަނަށް ބާސާއަށް 150 މެޗު ކުޅެދީ، 32 ލަނޑު ޖަހައިދީ، އަދި 34 އެސިސްޓް ދީފައެވެ. އެކަމަކު އޭނާ ބާސާގައި ހޭދަކުރަމުންދާ ދުވަސްތަކަަށް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އޭނާއަށް ލިބެމުންދާ އަނިޔާގެ ސަބަބުންނެވެ. އެއާއެކުވެސް މިދިޔަ ސީޒަނުގައިވެސް އޭނާ ވަނީ ކުޅުނު 32 މެޗުގައި ދެ ލަނޑު ޖަހައި، 13 އެސިސްޓް ކޮށްފައެވެ.

ބާސާގެ އެއްބަސްވުން ޑެމްބެލޭ އާކުރިއިރު، އޭނާ ހޯދުމަށް ވަރަށް ގިނަ ކުލަބުތަކުން ވަނީ މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތައް ހިމެނެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް

ކުރިން މެންޗެސްޓަރ ސިޓީއަށް ކުޅުނު ކުރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އެޓީމަށް އައިސްފި އެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކުރިކަން މަޝްހޫރު ...

ކޮޕާ އެމެރިކާގެ ސެމީން އާޖެންޓީނާ ޖާގަ ހޯދައިފި

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފި އެވެ. އާޖެންޓީނާ  ސެމީފައިނަލުން ޖާގަ ހޯދީ، ...

ބާސެލޯނާއަށް ލީގު ހޯދުމުގެ ފުރުސަތު ލިބުނީ ލީގުގުގެ ކުރީކޮޅު ރެއާލްއަށް ގެއްލުނު ޕޮއިންޓްތަކުގެ ސަބަބުން- ޒިދާން

ބާސެލޯނާއަށް ސްޕެނިޝްލީގު ހޯދުމުގެ ފުރުސަތު ލިބުނީ ލީގުގުގެ ކުރީކޮޅު ރެއާލްއަށް ގެއްލުނު ޕޮއިންޓްތަކުގެ ސަބަބުންކަމަށް ރެއާލްމެޑްރިޑްގެ ކޯޗް ޒިދާން ...