• ނޭމާގެ އިތުރުން ޕަރޭޑޭސް 2 މެޗަށް ، ކުރްޒާވާ 6 މެޗަށް ، އަމާވީ 3 މެޗަށް އަދި ބެނެޑޭޓޯ 1 މެޗަށް ވަނީ ސަސްޕެންޑް ކޮށްފައި

ފްރެންޗް ލީގުގައި މިމަހުގެ 13 ވަނަ ދުވަހު ދުވަހުގެރޭ މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ނޭމާއަށް ދެއްކި ސީދާ ރަތް ކާޑާއެކު އޭނާ ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ކުޅުނު ދެވަނަ މެޗުގައި މާސޭ އަތުން 1-0 ން ބަލިވިއިރު، މެޗުގެ ފަހު ވަގުތު ހިނގައިދިޔަ ހަަމަނުޖެހުންތަކުގެ ތެރޭގައި ފަސް ކުޅުންތެރިއަކަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭގެ ތެރޭގައި ނޭމާވެސް ހިމެނެއެވެ. ދެން މި މެޗުގައި ރަތް ކާޑު ދެއްކީ ޕީއެސްޖީގެ ލެއަންޑްރޯ ޕަރެޑެސް އާއި ލަވިން ކުރްޒާވާ އަދި މާސޭގެ ޑާރިއޯ ބެނެޑޭޓޯ އާއި ޖޯޑަން އަމާވީއަށެވެ. މީގެ ތެރެއިން ޕަރެޑެސް އާއި ބެނެޑޭޓޯއަށް ރަތް ކާޑު ދެއްކީ ދެވަނަ ރީނދޫ ކާޑާއެކުއެވެ.

ނޭމާގެ އިތުރުން ޕަރޭޑޭސް 2 މެޗަށް ، ކުރްޒާވާ 6 މެޗަށް ، އަމާވީ 3 މެޗަށް އަދި ބެނެޑޭޓޯ 1 މެޗަށް ވަނީ ސަސްޕެންޑް ކޮށްފައި

މިމެޗުގައި ނެމާއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކީ މާސޭގެ ގޮންޒާލޭޒްގެ ބޮލުގައި އަތުން ޖެހުމާ ގުޅިގެންނެވެ. އެ މެޗަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ނޭމާ ބުނީ މާ ބުނީ ގޮންޒާލޭޒް ގައިގައި ޖެހީ ނަސްލީ ގޮތުން އޭނާއާ ތަކުރާރުކޮށް ދިމާކުރުމުން ކަމަށާއި، ގޮންޒާލޭޒް ނަސްލީ ގޮތުން އޭނާއާ ދިމާކުރުމުން ހަގީގަތުގައި ޖަހަން ބޭނުންވަނީ އޭނާގެ މޫނުމަތީގައި ކަމަށެވެ.

ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ބަލަން ގޯވާލާފައި ވަނިކޮށް، ބުދަ ދުވަހުގެރޭ ފްރެންޗް ލީގުން ނޭމާ ދެ މެޗަށް ސަސްޕެންޑް ކުރަންވަނީ ނިންމާފައެވެ. އަދި ޕީއެސްޖީގެ ކުރްޒާވާ ހަ މެޗަށް ސަސްޕެންޑް ކުރިއިރު، އެ ޓީމުގެ ޕަރެޑެސް ސަސްޕެންޑް ކޮށްފައިވަނީ ދެ މެޗަށެވެ. މީގެ އިތުރުން މާސޭގެ އަމާވީ ތިން މެޗަށް ސަސްޕެންޑް ކުރިއިރު، އެޓީމުގެ ބެނެޑޭޓޯ ވަނީ އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ.

މީގެ އިތުރުން ފްރެންޗް ލީގުން އަންނަނީ އެ މެޗުގައި މާސޭގެ ގޮންޒާލޭޒްގެ ގަޔަށް ޕީއެސްޖީގެ އެންހެލް ޑި މާރިއާ ކުޅު ޖެހި މައްސަލައެއްވެސް ބަލަމުންނެވެ.

އެ މެޗުގައި ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ފްރެންޗް ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން ބަަލައި އަދަބު ދޭން ޖެހޭނަމަ ކަމަށް ޕީއެސްޖީން ގޮވާލާފައިވީ ނަމަވެސް، ދާދި ފަހުން ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ނޮއެލް ލަ ގްރައެޓް ވަނީ ފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ލަ ގްރައެޓް ވަނީ އެ މެޗުގެ ފަހުވަގުތު ހިނަގާދިޔަ ހަމަނުޖެހުމާ ގުޅިގެން ކުޅުންތެރިންނަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ބަލައިގެނެވޭނެ ކަންތައްތަކެއް ނޫން  ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަކު ގިރާ ސަރަހައްދަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރައި، އަރި އަޅާލައިފި

ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރައި، އަރި އަޅާލައިފިއެވެ.  މިހާރު އާއްމުވެފައިވާ ފޮޓޯތަކުން ...

މާލެ ސަރަހައްދުން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން އަންގައިފި

މާލެ ސަރަހައްދުން މިފަހުން އެކި ރަށްރަށަށް ދިޔަ މީހުން އެމީހަކު ދިރިއުޅޭ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް އެކަހެރިވާން ...

” މިއަދަކު އަގޮޑީޓީގެ ޝަކުވާއަކާ ދެލިފޮހޭ ގަލަމުގެ ޝަކުވާއެއް ނާދޭ ” ރައީސް ސޯލިހު

ނުފޫޒާ ބާރުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ދިނުމުން އެއްވެސް ޝަކުވާއެއްނެތި އެއްވެސް މައްސަލައެއްނުޖެހޭގޮތައް މިރާއްޖޭގައި އިންތިޚާބެއް ...