އައްޑޫ އީދު ފެސްޓިވަލް 2022: ޕާކް ވޮލީ މުބާރާތް

އައްޑޫ އީދު ފެސްޓިވަލް 2022 ގައި ހިމެނިގެން މީދޫގައި ކުރިއަށް ގެންދާ ޕާކް ވޮލީ މުބާރާތް މިއަދު ހަވީރު މީދޫގައި ފަށައިފިއެވެ.

4 ޓީމް ވާދަކުރާ މިމުބާރާތް ފައްޓަވައިދެއްވީ އައްޑޫސިޓީ މޭޔަރު އަލީ ނިޒާރެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު ފުރަތަމަމެޗްގައި ވާދަކުރީ އަޒުމީނާގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ފައްކަމަނާ ޓީމާއި ނާކާގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ކަޑޮފިށިޓީމެވެ. މިމެޗް 2 ސެޓް 1 ސެޓުން ކާމިޔާބުކުރީ ކަޑޮފިށި ޓީމެވެ. މިމެޗްގެ ފުރަތަމަސެޓް 21-14 އިން ކާމިޔާބުކުރީ ފައްކަމާ ޓީމެވެ. އެހެން ނަމަވެސް 2 ވަނަ ސެޓް 21 -10 އަދި 3 ވަނަ ސެޓް 21 – 17 އިން ކާމިޔާބުކުރީ ކަޑޮފިށި ޓީމެވެ. 

ފައްކަމަނާ ޓީމް

މިއަދު ކުޅެވުނު ދެވަނަ މެޗްގައި ބައްދަލުކުރީ އަލީ ނަހީފްގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ލޮޑިކެޑެޓީމާއި ޔާސީންގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ރާފަޅާ ޓީމެވެ.

މިމެޗް ދެޓެސެޓް 1 ސެޓުން ކާމިޔާބުކުރީ ލޮޑިކެޑެ ޓީމެވެ. މިމެޗްގެ ފުރަތަމަސެޓް 21-16 އިން ހޯދީ ލޮޑިކެޑެޓީމެވެ. އެހެންނަމަވެސް ދެވަނަސެޓް 21-17 އިން ހޯދީ ރާފަޅާޓީމެވެ. 3 ވަނަ ސެޓް 21 -12 ހޯދީ ލޮޑިކެޑެޓީމެވެ.

4 ޓީމް ވާދަކުރާ މިމުބާރާތުގެ މެޗްތައް ކޮންމެ ޓީމެއް ކޮންމެޓީމަކާ އެއްފަހަރު ކުޅުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާޓީމެއް ފައިނަލަށް ހޮވޭނެއެވެ. ފައިނަލަށް ހޮވޭ ދެވަނަޓީމެއް ކަނޑައަޅާނީ ޕޮއިންޓްގެ ގޮތުން 2 ވަނައަށް ހޮވޭޓީމާއި 3 ވަނައަށް ހޮވޭޓީމްގެ މެދުގައި އިތުރު މެޗެއް ކުޅުމަށްފަހު އެމެޗުން މޮޅުވާޓީމެކެވެ.

މިމުބާރާތުގެ ޗެމްޕިއަންޓީމަށާ ދެވަނަޓީމް އަދި 3 ވަނަ ޓީމަށް ސިޓީ ކައުން ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު މިމުބާރާތުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއާއި ފިރިހެން ކުޅުންތެރިއަކު ހޮވާ އެކުޅުންތެރީންނަށްވެސް އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ، އަދި މިމުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރީންވެސް ހޮވާ އެކުޅުންތެރީންނަށްވެސް އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

60 އަހަރުން މަތީގެ މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޮވިޑުގެ ތިންވަނަ ޑޯޒެއް ދެނީ

އުމުރުން 60 އަހަރުން މަތީގެ މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ...

ގާނޫނާ ޚިލާފް ކަންތައްތަކެއް ކުރެއްވީ ރައީސް ޔާމީންގެ އޯޑަރަށް: އަދީބު

ގާނޫނާ ޚިލާފަށް ކަންތައްތަކެއް ކުރައްވާފައިވާނަމަ އެކުރެއްވި ކަމެއް ކުރެއްވީ ކުރީގެ ރައީސް ޔަމީން އަންގަވައިގެންކަމަށް ކުރީގެ ނާއިބް ރައީސް ...

މާލެ ސަރަހައްދުގެ ރެސްޓޯރެންޓްތައް ހަފްތާއަކަށް ބަންދު ކޮށްފި

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިންތިހާއަށް ގިނަ ވުމާ ގުޅިގެން މާލޭ ސަރަހައްދުގެ ރެސްޓޯރެންޓްތައް ބަންދުކުރަން އަންގައިފިއެވެ. ކޮވިޑާއި ގުޅިގެން ...