ޖަމާއަތުގައި ފަތިސް ނަމާދުކޮށްގެން ފައިސާގެ އިނާމު

advertisement

ބ. އޭދަފުށީގައި ޖަމާއަތުގައި ފަތިސް ނަމާދުކޮށްގެން ފައިސާގެ އިނާމު ދޭ ޕްރޮގްރާމެއް ފެށުމަށް ބ. އަތޮޅު ހޮސްޕިޓަލު މުވައްޒަފުންގެ ރިކްރިއޭޝަން ކްލަބުން ނިންމައިފި އެވެ.

އެ ހޮސްޕިޓަލު ހަށިހެޔޮ މުވައްޒަފުންގެ ގުޅުމުން ބުނީ “ސާޅިސް ރޭ ފަތިސް ނަމާދު ޖަމާއަތުގައި” މި ނަމުގައި އެ ކްލަބުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އަންނަ ރަމަޟާން މަހާ ގުޅުވައިގެން ބާއްވާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ނަން ނޯޓުކުރަން އަންނަ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ ކްލަބުން ބުންޏެވެ.

އެ ފުރުސަތު ހުޅުވައިލާފައި ވަނީ އުމުރުން 10-15 އަހަރާ ދެމެދުގެ ކުދިންނަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ނަންނޯޓް ކުރުމަށް ގުޅާނީ 7738033 ނަންބަރު ފޯނަށެވެ.

އަންނަ މަހުގެ 21ވަނަ ދުވަހު ފަށާ އެ ޕްރޮގްރާމުން އެއްވަނަ އަށް އަންނަ ކުއްޖަކަށް ކަނޑައަޅާފައިވަނީ 3،000ރ. ގެ ފައިސާގެ އިނާމެކެވެ. ދެވަނަ އަށް 1،500 އަދި ތިންވަނަ އަށް އަންނަ ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ.

އެ ކްލަބުން ބުނި ގޮތުގައި، މި ޕްރޮގްރާމުގެ މަގުސަދަކީ ކުދިންގެ ހިތްތަކުގައި އިސްލާމުދީނުގެ އެއް ތަނބު ކަމުގައިވާ ނަމާދަށް އަހުލުވެރި ކުރުވުމެވެ.

މަސްދަރު: އޭދަފުށީ ޓައިމްސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު: ޓްރެފިކް ގަވާއިދަށް އަހުލުވެރި ކުރުވުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޓްރެފިކް ...

އައްޑޫއަށް 37 މިލިއަން ޑޮލަރުގެ ކަރަންޓްގެ މަޝްރޫއެއް

އައްޑޫސިޓީގެ ކަރަންޓް ވިއުގައަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޗައިނާާގެ ކުންފުންޏަކާއި އެކު ސޮއިކޮށްފިއެވެ. މިއަދު ހެނދުނު މާގިރި ހޮޓެލްގައި ...

މީދޫ – ހިތަދޫ އެކުވެރިކަމުގެ މެޗް ބޮޑުތަފާތަކުން ހިތަދޫ ކާމިޔާބުކޮށްފި

” އައްޑޫ ޔޫތު ޗެލެންޖާސް 2020 ”  ނަމުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މީދޫގައި ބޭއްވުމަށް ...