އިތުރު 2،142 މީހުން ކޮވިޑަށް ޕޮޒިޓިވް

ރާއްޖެއިން އިތުރު 2،142 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ރޭ ހާމަކޮށްފައިވާ ގޮތުން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 771 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 1053 މީހުން ޕޮޒިޓިވް ވެފައިވާއިރު ރިސޯޓުތަކުން 48 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ސާމްޕަލް ނެގި ވަކިތަނެއް ނޭނގި 270 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ވެސް އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 143،202 އަށް އަރާފަ އެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި ރާއްޖޭގައި މިހާރު އުޅެނީ 17،721 ކޭސް އެވެ. މި ބަލިން 125،190 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 62 މީހަކަށެވެ. މި ބަލީގައި ރާއްޖެއިން 278 މީހަކު ވަނީ ނިޔާވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާސެލޯނާއިން ފަޞޭހަކަމާއެކު މަޔޯކާ ބަލިކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ އަލުން ފަށާފައިވާއިރު ލަލީގައި މަޔޯކާއަތުން މޮޅުވެ ޕޮއިންޓް ޓޭބަލުން ...

މީދޫގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

އައްޑޫ ސިޓީ މީދޫ ގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. އައްޑޫސިކައުންސިލުން ކޮށްފައިވާ މިއިއުލާނުގައި ...

ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރާ ބަޔަކު ހޮވުމުން އެމްޑީޕީ އިތުރަށް ބަލިކަށިވާނެ – ވަސީމު

އެމްޑީޕީގެ ގައުމީ މަޖިލިހުގެ މަގާމްތަކަށް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ އެއްވެސް ބަޔަކު ހޮވުމަކީ އެމްޑީޕީ އިތުރަށް ބަލިކަށި ...