ފޮޓޯއިން ޚަބަރު: ޓްރެފިކް ގަވާއިދަށް އަހުލުވެރި ކުރުވުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޓްރެފިކް ގަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވުނު މައުލޫމާތު ދިނުމުގެ ސެޝަންގެ ތެރެއިން ނެގިފައިވާ ފޮޓޯތަކެއް

ޓްރެފިކް ގަވާއިދަށް އަހުލުވެރި ކުރުވުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ފުލުހުން މައުލޫމާތު ދީފައި މިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނު 5/2009 އަށް ވަނީ 4 ވަނަ އިސްލާހު ގެނެސް އެއަށް އަމަލު ކުރަން ފެށުމާއި ގުޅިގެންނެވެ.  އެގޮތުން އެގާނޫނަށް އަލަށް ގެނެވުނު ބަދަލަށް ބަލާއިރު:

 7 ވަނަ މާއްދާ: ރައްކާތެރިކަމާއި ދުވެލީގެ މިންގަނޑު:

ކަނޑައެޅިފައިވާ ދުވެލީގެ މިންގަނޑާއި ޚިލާފުވާވަރަށް  ތަކުރާތުކޮށް ދުއްވާ ފަރާތްތައް ޖުރިމާނާ ބޮޑުވަމުން ދާގޮތް

  • ފުރަތަމަ ފަހަރު ނަމަ 500 ރުފިޔާއިން ޖޫރިމާނާ ކޮސް ނަސޭހަތް ދޭގޮތަށެވެ.
  • ދެވަނަ ފަހަރު ނަމަ 750 ރުފިޔާއިން ޖޫރިމާނާ ކޮށް، އުޅަނދު ދުއްވި ފަރާތުގެ  ލައިސަންސް 48 ގަޑިއިރަށް ހިފަހާޓަނެއެވެ.
  • 3 ވަނަ ފަހަރު އަދި އެއިގެ ފަހުން ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމާނާކޮށް އެފަރާތުން ދުއްވި އުޅަންދެއް 15 ދުވަހަށް ހިފެހެއްޓުން
  •  9 ވަނަ މާއްދާ: ޖޫރިމަނާއާ ގުޅިގެން ހުށަހެޅޭ ޝަކުވާ އާއި ފައިސާ ހޯދުމަށް ދައުވާ އުފުލުން:
  • ޖޫރިމަނާ ކުރުމުން އެކަމާއި ގުޅިގެން ހުށަހެޅޭ ޝަކުވާ ބަލައި، ކޮށްފައިވާ ޖޫރިމަނާ މުރާޖާ ކުރުމާއި، އެޖޫރިމަނާ ބާތިލުކުރަން ޖެހޭނަމަ ބާތިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބެއެވެ.
  • ޖޫރިމާނާ ނުދައްކާނަމަ މަދަނީ ދަރަންޏެއްގެ ދައުވާ އުފުލުމުގެ ބާރު މީރާ އަށް ލިބެއެވެ.
  • ޖޫރިމަނާ ގެ އަދަދު 10000 (ދިހަ ހާސް) ރުފިޔާއަށް ވުރެ އިތުރު ނަމަ އެމީހަކު ލައްވައި މުޖުތަމިއަށް ފައިދާ ހުރި މަސައްކަތެއް ކުރުމަށް ނެރުމުގެ ކޯޓު އަމުރެއް ހޯދުމުގެ ބާރު މީރާއަށް ލިބެއެވެ.

29 ވަނަ މާއްދާ: ރަޖިސްޓްރީ ނުކޮށް ދުއްވުމާއި ގަވާއިދާއި ޚިލާފަށް ދުއްވުން:

މި މައްދާގެ ދަށުން އުޅަނދަށް ދީފައިވާ ނަމްބަރު ނޫން އެހެން ނަމްބަރެއް ބޭނުންކުރުމައި ރަޖިސްޓްރީ ނުކުރާ އުޅަނދެއްގައި ގާނޫނާއި ޚިލާފަށް ނަމްބަރެއް ބޭނުންކުރުން އަދި އުޅަނދުގެ އިންޖީން  ނަމަބަރު ނުވަތަ ޗެސިސް ނަމަބަރު ބަދަލު ގެނެސްފިނަމަ ވެސް ޖޫރިމަނާ ކުރުން ހިމެނެއެވެ. އެގޮތުން:

  • އުޅަނދު ދުއްވި ފަރަތް 1000 ރުފިޔާއިން ޖޫނިމާނާ ކުރުމާއި
  • އެފަދަ ކަމެއް ކުރިކަން ސާބިތުވެއްޖެ ނަމަ އެފަރާރާތެއް 10000 (ދިހަ ހާސް) ރުފިޔާއިން ޖުރިމާނާ ކުރުމުގެ އިތުރުން އެކަން ކުރީ ވިޔަފާރި ކުރާ ތަނަކުން، ގަރާޖަކުން ނަމަ އެތަނެއްގެ ވިޔަފާރި ހުއްދަ 1 އަހަރަށް ހިފަހައްޓަން ގާނޫނުގައިވެއެވެ.

ފޮޓޯ : ފުވައްމުލަށް ސިޓީ ކައުންސިލް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރިމޯޓް އެޑިއުކޭޝަން އަށް މަގުފަހިކޮށްދިނުމަށް އެޑިއުކޭޝަން ޒޯނެއް ދިރާގު ޓީވީގައި ގާއިމުކޮށްފި

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށް މިވަނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ...

ހެންވޭރުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވީ އިރު 10 ތަނެއްގައި ރޯވި

މާލޭގެ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ވީ އިރު 4 ގުދަނާއި 6 ގެއެއްގައި އަލިފާން ރޯވިއެވެ. ...

ނަމާދު ކުރާ އަޑު ބޭރަށް ނީވޭގޮތް ހަދަން އެންގީ ޢާއްމުންގެ ޝަކުވާ ބޮޑުވެގެން : މިނިސްޓްރީ

މިސްކިތްތަކުގައި ބަންގި ގޮވާ ސްޕީކަރުން، ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތް ހަދަން މާލޭގެ ބައެއް މިސްކިތްތަކުގެ އިމާމުންނަށް އަންގާފައިވާނެ ...