ކޮވިޑް ޖެހިގެން ނައިފަރުން މީހަކު ނިޔާވެއްޖެ

advertisement

ކޮވިޑަށް ފަރުވާ ދެމުންދިޔަ 66 އަހަރުގެ މީހަކުނައިފަރުން ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 08:05 ހާއިރު ނިޔާވެފައިވަނީ ޅ.ނައިފަރު ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 66 އަހަރުގެ އަންހެނެއްކަމަށެވެ. މިމަރާއިއެކު ރާއްޖެއިން ކޯވިޑުގައި ނިޔާވި މީހުންގެ އަދަދުވަނީ 275 އަށް އަރާފައެވެ. އަދި މިއީ މިބަލީގައި މިމަހުގެ މިހާތަނަށް ނިޔާވި 13 ވަނަ މީހާވެސްމެއެވެ. ރާއްޖޭގައި މިވަގުތު 17،288 މީހަކަށް އަންނަނީ ކޯވިޑަށް ފަރުވާ ދެމުންނެވެ. މީގެތެރެއިން 53 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަން ފަށާފައެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދު ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުމެއް: ރައީސް

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 30 އެޕްރީލް 2021 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

ޖަމާއަތުގައި ފަތިސް ނަމާދުކޮށްގެން ފައިސާގެ އިނާމު

ބ. އޭދަފުށީގައި ޖަމާއަތުގައި ފަތިސް ނަމާދުކޮށްގެން ފައިސާގެ އިނާމު ދޭ ޕްރޮގްރާމެއް ފެށުމަށް ބ. އަތޮޅު ހޮސްޕިޓަލު މުވައްޒަފުންގެ ...