އައްޑޫސިޓީން އިތުރު 118 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

advertisement

އައްޑޫސިޓީން އިތުރު 118 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ

އައްޑޫން އިތުރު 118 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކޮށްފައިވާ މިމަހުގެ 30 ވަނަ ދުވަހުގެ މައުލޫމާތަށް ބަލާއިރު ފައްސިވެފައިވާ 118 މީހުންގެ ތެރެއިން 56 މީހަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ. 15 މީހަކު މީދޫން ފައްސިވެފައިވާއިރު، ހުޅުދޫން 9 މީހަކު  ، ފޭދުން 20 މީހުން މަރަދޫފޭދުން 8 އަދި މަރަދޫން ފައްސިވެފައިވަނީ  10 މީހެކެވެ.

އައްޑޫން މިހާތަނަށް 4783 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 3955 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު މި ބަލި ޖެހިފައި ތިބި 813 މީހަކު އައްޑޫ ސިޓީގައި އެބަ ތިއްބެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ތިބީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މިވަގުތު މި ބަލި ޖެހިފައި ތިބި 362 މީހަކު ތިބިއިރު، މީދޫގައި  72 ، ފޭދޫގައި 135 ،  މަރަދޫފޭދޫގައި 54 ، ހުޅުދޫގައި 72 އަދި މަރަދޫގައި 81 މީހަކު އެބަ ތިއްބެވެ. އަދި މީގެ އިތުރަށް ރިސޯޓާއި އެހެނިހެންތަންތަނުން ފައްސިވެފައިވަނީ 05 މީހެކެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 3 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އައްޑޫސިޓީން 15 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް ވަރަށްބޮޑަށް އިތުރުވެ ސާމްޕަލް ނެގުމުގައި ދަތިތަކާ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާއެކު ގޭގެއަށްގޮސް ސާމްޕަލް ނެގުން އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން މިހާރު ވަނީ ހުއްޓާލާފައެވެ.

އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން  ހާމަކޮށްފައިވާގޮތުން ގޭގެއަށް ގޮސް ސާމްޕަލް ނެގުން ހުއްޓާލުމަށްފަހު މިހާރު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އެހޮސްޕިޓަލުން ކަނޑައަޅާފައިވާތަންތަނަށް ގޮސްގެންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މަގާމުން ވަކިކޮށްފި ؟

ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ ގެ މަގާމްގައި ހުންނެވި މޫސާ ސިއްދީގު އެމަގާމުން ވަކިކޮށްފިއެވެ. މޫސާ ސިއްދީގު މަގާމުން ...

ނައިބު ރައީސާއި ފެނަކަ އެމްޑީ ފުވައްމުލައްސިޓީއަށް ޒިޔާރަތް ކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމުއާއި ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުހައްމަދު ސައީދު ފުވައްމުލައްސިޓީއަށް ޒިޔާރަތް ...

ކޮވިޑް-19: އިތުރު 145 މީހަކު ޕޮޒިޓިވްވެއްޖެ

ރޭ އިރުއޮއްސި 6:00އިން މިރޭގެ 6:00 އާ ހަމައަށް ރާއްޖެއިން 145 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެވެ.  މީގެ ...