ކޮވިޑް19: ތިނަދޫގެ މިސްކިތެއްގައި މިއަދު ހުކުރު ނުކުރާނެ- ތިނަދޫ ކައުންސިލް

advertisement

ގދ.ތިނަދޫގެ މުދިމުންތަކެއް ކޮވިޑް-19 އާއި ގުޅިގެން އެކަހެރި ކުރަން ޖެހުމުން އެރަށުގެ މިސްކިތެއްގައި މިއަދު  ހުކުރު ނަމާދު ނުކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލުން މިކަން ހާމަކޮށް  ކުރި އިއުލާނެއްގައި ވަނީ ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވެ ގިނަ މުދިމުންތަކެއް އެކަހެރި ކުރަން ޖެހިފައި ވާތީ މިއަދު ( 28 ޖެނުއަރީ 2022 ވާ ހުކުދުވަހު)  “މަޖިދުލް މަރްޔަމް” ގައި ހުކުރު ނަމާދު ނުކުރާނެ ކަމަށެވެ.

ނަމަވެސް ތިނަދޫގެ އެހެން މިސްކިތްތަކުގައި ކުރިއެކޭ އެއްގޮތައް  މިއަދު  ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް ތިނަދޫގެ ކައުންސިލް އިދާރާގެ އިއުލާނުގައި ބުނެފައިވެއެވެ.

ތިނަދޫ އަކީ  އަތޮޅުތެރެއިން މިހާރު ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއްރަށެވެ. އެގޮތުން އިއްޔެ ތިނަދޫން 73 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އިއްޔެ ތެނަދުން ކޮވިޑް ޖެހުނު 73 މީހުންނާއެކު އެރަށުގައި ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު 294 އަށް ވަނީ އަރާފައެވެ.

ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އެރަށް ވަނީ މޮނިޓަރިން އަށް ވެސް ގެނެސްފައެވެ. އަދި ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 04:00 އަށް ރަށުގައި ކާފިއު ހިންގަން ވެސް ވަނީ ނިންމާފައެވެ.

މަސްދަރު: ވަގުތު

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ވަޒީފާ އިތުރުވާނީ އެއާޕޯޓް ތަރައްޤީ ކުރެވިގެން: ނަޝީދު

އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެންދާނީ އައްޑޫ އެއާޕޯޓް ތަރައްޤީ ކުރެވިގެން ކަމުގައި އެމްޑީޕީގެ ރައީސް ...

ސަރުކާރުގެ 3 ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރައްވައިފި

ރުކާރުގެ 3 ވިޔަފާރި ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރ އައްޔަންކުރައްވައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ...

ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހިގެން ސިފައިން އެހީވެއްޖެ

ގދ.ކޮޑެގަލައަށް ދަތުރުގޮސް އުޅުނު ބަޔަކު، މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ ރަށަށް ނުދެވި ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުމުން، އެމްއެންޑީއެފް ...