ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހިގެން ސިފައިން އެހީވެއްޖެ

ގދ.ކޮޑެގަލައަށް ދަތުރުގޮސް އުޅުނު ބަޔަކު، މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ ރަށަށް ނުދެވި ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއަށް ލިބުނީ މިއަދު 15:47 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ގދ.ކޮޑެގަލައަށް ގޮސް، ދަތުރުދިޔަ 8 ކުޑަކުދިންނާއި، 5 އަންހެނުންނާއި، 4 ފިރިހެނުން އެމްއެންޑީއެފް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި މިއަދު 16:55 ހާއިރު ގދ.ގައްދޫއަށް ގެންގޮސްދީފައެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަމީނަކީ ޚިޔާނާތްތެރިއެއް – ޑރ ޖަމީލު

ހެލްތު މިނިސްޓަރ އަބްދުﷲ އަމީނަކީ ޚިޔާނާތްތެރިއެއްކަމަށް ކުރީގެ ނާއިބްރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ. ސީޔާސީ ދާއިރާގައި ...

ތިން ރަށެއްގައި ގާއިމުކުރާ ސެޓެލައިޓް ސްކޫލުތައް މި މަހު ހުޅުވަނީ

ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރަމުންދާ ސެޓެލައިޓް ސްކޫލުތައް މި މަހު ހުޅުވައި، ކިޔަވައިދޭން ނިންމައިފިއެވެ. މި މަހުގެ 24 ...

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައި ވަނީ ހުޅުމީދޫ އަށާ ފުވައްމުލަކަށް

އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާއި ހަމައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ...