ބޮލީވުޑްގެ އެންމެ އަގުބޮޑު ލަވަކިޔުންތެރިން އެނގޭތަ؟

ކޮންމެ ގައުމެއްގައިވެސް ފަންނާނުންނަކީ ބޮޑު އާމްދަނީ އެއް ހޯދާ ބައެކެވެ. އެގޮތުން ލަވަކިޔުންތެރިން ކިޔައިދޭ ކޮންމެ ލަވައަކަށް ބެލުންތެރިންނާއި އަޑުއަހާ މީހުންގެ ހިތް ލަންބުވާލަނީ ބޮޑު އުޖޫރައެއްވެސް ނެގުމަށްފަހު އެވެ.

އެހެންކަމުން މިފަހަރު މިބަލާލަނީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ބޮޑު އަގުގައި ލަވަ ކިޔައިދޭ ފަންނާނުންނަށެވެ. މި ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ޝްރެޔާ ގޯޝާލް އެވެ. އޭނާއަކީ ބޮލީވުޑްގައި އެންމެ ކުޅަދާނަ އެއް ފަންނާނެވެ. އެންމެ ފަށުވިކޮށް ލަވަތައް ހުށަޅައިދޭ ޝްރެޔާ ލަވައެއް ކިޔައިދޭނީ 18 ނުވަތަ 20 ލައްކަ އިންޑިއަން ރުޕީސް އަށެވެ. އޭނާއަކީ ހަތަރު ފަހަރަށް ގައުމީ އެވޯޑްވެސް ހޯދާފައިވާ އިންޑިއާގެ އެންމެ އަގުބޮޑު ލަވަކިޔުންތެރިޔާ އެވެ. އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރެއިން އެންމެ މަގުބޫލުވި އެއް ލަވައަކީ “އަގަރް ތުމް މިލްޖާއޯ” އެވެ.

އަރިޖިތް ސިންހް

މި ލިސްޓްގެ ދެވަނައިގައި އުޅޭ ފަންނާނަކީ އަރީޖީތް ސިންހް އެވެ. އޭނާގެ ހިތްގައިމު އަޑުން އެތައް ބައެއްގެ ހިތްތައް މިލްކޮށްފައިވާ އަރީޖީތް އަކީ މަޝްހޫރި ހިންދީ ފިލުމު ‘އާޝީގީ2’ ގެ ‘ތުމް ހިހޯ’ ލަވަ ކިޔާފައިވާ ފަންނާނެވެ. ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު މި ފަންނާނު ލަވައެއް ކިޔައިދެނީ 13 ލައްކަ އިންޑިއަން ރުޕީސް އަށެވެ.

މިކާ ސިންހް

މިކާ ސިންހް އަކީ ބޮލީވުޑްގެ މިއުޒިކް އިންޑަސްޓްރީގައި ތިންވަނައަށް އެންމެ އަގު ބޮޑު ފަންނާނެވެ. މިއަހަރު ރާއްޖޭގެ އާ އަހަރު ޝޯގައި ބައިވެރިވާ މިކާ އަކީ ނެށުންތަކާއި، ޕާޓީތަކަށް ހާއްސަ ލަވަތައް ކިޔައިދޭ ފަންނާނެކެވެ. މިކާވެސް ލަވައެއް ކިޔައިދޭ އަގަކީ 13 ލައްކަ އިންޑިއަން ރުޕީސްއެވެ.

ސޯނޫ ނިގަމް

ލިސްޓްގެ ހަތަރުވަނައިގައި އުޅެނީ ސޯނޫ ނިގަމް އެވެ. މިއީ ބޮލީވުޑްގައި ވަރަށް ވަރުގަދަ އަދި އެހާމެ ތަޖުރިބާކާރު ލަވަކިޔުންތެރިއެކެވެ. އޭނާ އަކީ ފިލްމީ ދާއިރާގައި ލަވަ ކިޔުމާއި އެހެން ބައެއް މަސައްކަތްތަކުންނާއެކު އެންމެ ބޮޑު މުސާރައެއް ނަގާ އެއް ފަންނާނެ އެވެ. އޭނާ ލަވައެއް ހުށަހަޅައިދޭ އަގަކީ 10 ލައްކަ އިންޑިއަން ރުޕީސް އެވެ. ސޯނޫ ނިގަމް އަކީ ބޮލީވުޑްގައި ލެޖެންޑެކެވެ.

ސުނިދީ ޗައުހާން

ދެން މި ލިސްޓަށް އަރާފައިވާ ފަންނާނަކީ ބޮލީވުޑްގެ އަންހެން ލަވަކިޔުންތެރިއެކެވެ. ނުވަ ލައްކަ ރުޕީސް އަށް ލަވައެއް ކިޔައިދޭ މި ފަންނާނަކީ އިންޑިއާގެ އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ސުނީދީ ޗޯހާން އެވެ.

މޯހިތް ޗައުހާން

މޯހިތް ޗޯހާން އަކީވެސް މި ލިސްޓުގައި ހިމަނަން ޖެހޭ ލަވަކިޔުންތެރިއެކެވެ. އޭނާ ލަވައެއް ކިޔައިދެނީ އަށް ލައްކަ ރުޕީސް އަށެވެ. މޯހިތް އަކީ ފަސް ފަހަރަށް ފިލުމު ފެއާ އެވޯޑްސްގައި އެންމެ މޮޅު ލަވަކިޔުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅަދާނަ ފަންނާނެކެވެ.

ކްރިޝްނާ ކްމާރް (ކޭކޭ)

ކްރިޝްނާ ކްމާރަކީ ބޮލީވުޑްގައި ‘ކޭކޭ’ގެ ނަމުން މަޝްހޫރު ލަވަކިޔުންތެރިޔާ އެވެ. އޭނާ ވެސް ހަތަރު ފަހަރަށް ފިލްމު ފެއާ އެވޯޑް ހޯދާފަ އެވެ. ބޮލީވުޑާއި ދެކުނު އިންޑިއާގެ ފިލުމުތަކަށް ލަވަ ކިޔައިދިނުމުގެ އިތުރުން ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ކޭކޭ ވަނީ ބައެއް ލަވަތައް ހުށަހަޅައިދީފަ އެވެ. ކޭކޭ ލަވައެއް ކިޔައިދޭ އަގަކީ ފަސް ލައްކަ ރުޕީސް އެވެ.

ޝާން

ބޮލީވުޑްގެ ރޮމޭންޓިކް ލަވަތަކުގެ ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ ވެސް ހަނދާނަށް އަންނާނީ ޝާންގެ ނަމެވެ. ޝާން އަކީ އޭނާ އަޑުން އެތަން ބައެއްގެ ރޮމޭންޓިކް އިހްސާސްތަކަށް އާރޯކަން ގެނެސްދޭ ވަރުގަދަ އަޑެއްގެ ވެރިއެކެވެ. އޭނާ ލަވައެއް ކިޔަދެނީ ހަތަރު ލައްކަ ރުޕީސް އަށެވެ.

ޝާން

ދެން މިލިސްޓްގައި ހިމެނޭ ފަންނާނަކީ ނޭހާ ކައްކާރް އެވެ. ނެހާ އަކީ ބްދްރީކީ ދުލްހަނިއާ، ނުވަތަ މަނާލީ ޓްރޭންސް ފަދަ ހުށަހެޅުންތަކުން ބެލުންތެރިންގެ ހިތް އަތުލި ފަންނާނެކެވެ. އޭނާގެ ރީތި އަޑާއި ރީތި ހިނިތުން ވުމަކީ ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަންނަ ސިފަތަކެކެވެ. އޭނާ ލަވައެއް ކިޔައިދޭ އަގަކީ ތިން ލައްކަ ރުޕީސް އެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުރިހާ ކުދިންނަށް ހެނދުނުގެ ނާސްތާ ނުދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި

ހުރިހާ ކުދިންނަށް ނާސްތާ ނުދީ ހަމަ އެކަނި އެކަމަށް ބޭނުން ޖެހިފައިވާ ކުދިންނަށް ނާސްތާ ދޭން ސަރުކާރުން ނިންމައިފިއެވެ. ...

އިންތިޚާބަކާ މުސާރަ ބޮޑުކުރުމަކާ ގުޅުމެއް ނެތް: މިއުވާން

ރިޔާސީ އިންތިހާބާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމާއި، އެއްވެސް ގުޅުމެއް ނެތް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ...

ޔޫޓީއެފް އެއްބަސްވުމުގައި ޔާމިން ސަރުކާރުގެ ދައުރެއްވެސް އެބައޮތް: ރިޔާޒް

އުތުރުތިޅަފަޅުގެ އެއްބަސްވުމުގައި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުގެ ދައުރު ވެސް އެބައޮތް ކަމަށް ވިދާޅުވެ ކުރީގެ ...