ބަދަހިކަޕް : ޕޮލިސްޓީމާ ވާދަކުރެވޭވަރުގެ ޓީމެއްނެތްކަން އެޓީމުން ދައްކައިފި

ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގެ ޕޮއިންޓް ސިސްޓަމަށް ކުޅުނު ފަހުމެޗްގައި ޓީމް އެކޭ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކުރުމަށްފަހު މިމުބާރާތުގައި އެޓީމާއި ވާދަކުރެވޭ ފެންވަރުގެ ޓީމެއްނެތްކަން އެޓީމުން ދައްކައިފިއެވެ.

މިމުބާރާތުގެ ފައިނަލަށް ހޮވިފައިވާ ދެޓީމް ޕޮލިސްޓީމާއި ޓީމްއެމްކޭ  ބައްދަލުކޮށް ރޭ ކުޅުނު މެޗްގައި  ޕޮލިސްޓީމުގެ ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވާއިރު މިމެޗް އެޓީމު ކާމިޔާބުކޮށްފައިވަނީ 59 ޕޮޓް 20 ޕޮޓް ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސްޓީމުގެ ފިރުޝާއެވެ.  ފިރުޝާ ވަނީ މިމުބާރާތުގައި ޕޮލިސްޓީމު ކުޅުނު ހުރިހާމެޗެއްގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ރޭ ކުޅެވުނު މިމެޗްން ޕޮލިސްޓީމު މޮޅުވުމުން އެޓީމް ފައިނަލަށް ދަތުރުކޮށްފައި މިވަނީ ކުޅުނު 4 މެޗުން  މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ޕޮލިސްއަތުން ބަލިވި ޓީމް ފައިނަލަށް ހޮވުނީ އެޓީމުނު ކުޅުނު 4 މެޗުގެ ތެރެއިން 1 މެޗުން ދެރަވެ 3 މެޗުން މޮޅުވެގެންނެވެ.

އައްޑޫސިޓީގައި ބާއްވާ   އެންމެ އަގުބޮޑު ނެޓްބޯޅަ މުބާރާތް، ” ބަދަހިކަޕް ” އަކީ މީދޫގެ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ޗޭނު ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މިއަހަރުގެ މިމުބާރާތުގެ  ޗެމްޕިއަންކަން ހޯދާޓީމަކަށް ދިހަހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަޓީމަކަށް ދިނުމަށް ހަމަޖެހިފައިވަނީ ފަސްހާސްރުފިޔާއެވެ.

މިމުބާރާތް ކުރިއަށް ގެންދާ މިދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުން  ހުޅުދޫއާއި މީދުން އަދި އައްޑުއަތޮޅާއި މުޅިރާއްޖެއިން ވަރަށް ބޮޑަށް އިތުރުވެފައިވާތީ މުބާރާތުގެ މެޗްތައް ކުރިއަށް ގެންދާއިރު ކުޅިބަލާ މީހުންނަށް ދަނޑުގެ ކައިރިއަށް ނުދެވޭގޮތައް ދަނޑުގެ ސަރަހައްދުވަނީ ބަންދުކުރެވިފައެވެ. އެއީ މިމުބާރާތުގެ މެޗްތައް މިދުވަސްވަރު ކުރިއަށް ގެންދަން ކަމާ ބެހޭ ފަރާތްތަކުން ހުއްދަދީފައި އުސޫލާއި އެއްގޮތައް ކަންތައްތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 24  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

ތިންމެޗުން ބަލިވެ މީދޫޓީމް މުބާރާތުން ކަޓައިފި

ފޭދޫގައި މިހާރު ކުރިއަށްދާ ޑްރެސްޕްރޯ ވިމެންސް އިންވިޓޭޝަން ވޮލީބޯޅަ މުބާރާތުގައި މީދޫޓީމް ކުޅުނު 4 މެޗުގެ ތެރެއިން ތިންމެޗުން ...

ދެބެއިން ސީ ލައިސަންސް ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފި

މީދޫގެ ދެފަރާތަކުން ފުރަތަމަ ފަހަރަށް ފުޓްބޯޅަ ކޯޗިންގެ ސީލައިސަން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފިއެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ...