މީދޫއާއި ހުޅުދޫގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 96 އަށް

މީދޫއާއި ހުޅުދޫގައި  ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 96 އަކަށް އަރައިފި އެވެ.

އާދިއްތަދުވަހުގެ އިރުއޮއްސި 6:00 އިން ހޯމަ ދުވަހުގެ އިރު އޮއްސި 6:00 އަށް  އަލަށް ބައްޔަށް ޕޮޒިޓިވްވީ 17 މީހުންނެވެ. އެއީ މީދުން 15 މީހުންނާއި ހުޅުދުން ދެމީހުންނެވެ.

މީދޫ އަވަށު އޮފީހުން އިއްޔެ ހާމަކޮށްފައިވާގޮތުގައި ކޮވިޑް 19 އަށް ޕޮޒިޓިވި މީހުންތިބި  24 ގެ އެއް  މީދުން ކަރަންޓީނު ކުރެވިފައިވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މީހުންތިބި 2 ގެއެއްވެސް ވަނީ ކަރަންޓީނު ކުރެވިފައެވެ.

މީދޫއާއި މި އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު ކަމާ ބެހޭ މުވައްސަސާތަކުން އިލްތިމާސްކުރަމުންދަނީ ފަރުދީ ޒިންމާއަދާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަސްޓީމާއެކު ޗޭނުގެ ” ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތް ފަށައިފި

މީދޫ ޗޭނު ޖަމްއިއްޔާއިން ބާއްވާ ” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތް ފަށައިފި އެވެ. ރޭ ފެށި މިމުބާރާތުގެ ...

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ހިތުގެ ފަރުވާގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއެކް ހިދުމަތާއި ސީޓީގެ ހިދުމަތް ރަސްމީކޮށް ރޭ ފަށައިފި އެވެ. ކުޅުދުއްފުށީގައި ހުންނަ ހދ ...

އިތުރު 2،707 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 2،700އަށްވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ...