ފަސްޓީމާއެކު ޗޭނުގެ ” ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތް ފަށައިފި

މީދޫ ޗޭނު ޖަމްއިއްޔާއިން ބާއްވާ ” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތް ފަށައިފި އެވެ.

ރޭ ފެށި މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޓީމް އެމްކޭއާއި  އެޗްއެސްސީ އެވެ. މި މެޗް 33 ޕޮޓް 23 ޕޮޓުން ކާމިޔާބު ކުރީ ޓީމް އެމް.ކޭ އެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެމްކޭގެ  ޑަބްލިއުޑީއަށް ކުޅުނު ވިޝާއެވެ

ރޭ ކުޅެވުނު މިމުބާރާތުގެ 2 ވަނަ މެޗުގައި  ބައްދަލުކުރީ ވެމްކޯއާއި  ހުޅުދޫ ޔޫތުވެ. މިމެޗު ވެމްކޯ ކާމިޔާބު ކުރީ 72 ޕޮޓް 8 ޕޮޓުންނެވެ.

މިރޭވެސް މިމުބާރާތުގެ ދެމެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ކުޅެވޭ ފުރަތަމަމެޗް ފެށުމަށް ހަމަޖެހިފައިވަނީ 8:00 ގައެވެ. ދެވަނަމެޗް ފެށުމަށް ހަމަޖެހިފައިވަނީ 9:00 ގައެވެ.

މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ވާދަކުރެ އެވެ.

ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ދެވަނަ ޓީމަކަށް ފަސްހާސްރުފިޔާ ދޭގޮތައް ހުޅުދޫއާއި މީދޫގެ ޓީމްތަކަށް  ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ރަށުން ބޭރުން 3 ކުޅުންތެރިން ކުޅުމުގެ ފުރުސަތު ހުޅުވާލުމުން ގިނަޓީމްތަކުން ރަށުން ބޭރުގެ ކުޅުންތެރީން ޓީމްތަކުގައި ހިމަނާފައިވެއެވެ.

  މިދިޔަ އަހަރު ބޭއްވުނު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުޅުމީދޫ ޕޮލިސްޓީމެވެ.

މިމުބާރާތް ކުރިއަށް ގެންދާ މިދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުން  ހުޅުދޫއާއި މީދުން އަދި އައްޑުއަތޮޅާއި މުޅިރާއްޖެއިން ވަރަށް ބޮޑަށް އިތުރުވެފައިވާތީ މުބާރާތުގެ މެޗްތައް ކުރިއަށް ގެންދާއިރު ކުޅިބަލާ މީހުންނަށް ދަނޑުގެ ކައިރިއަށް ނުދެވޭގޮތައް ދަނޑުގެ ސަރަހައްދުވަނީ ބަންދުކުރެވިފައެވެ. އެއީ މިމުބާރާތުގެ މެޗްތައް މިދުވަސްވަރު ކުރިއަށް ގެންދަން ކަމާ ބެހޭ ފަރާތްތަކުން ހުއްދަދީފައި އުސޫލާއި އެއްގޮތައް ކަންތައްތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.

ރޭ ފެށުނު މިމުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ އައްޑޫ ލައިވްއެވެ. އެހެންކަމުން މިމުބާރާތުގެ މެޗްތައް އައްޑޫލައިވުން ފޭސްބުކް މެދުވެރިކޮށް ލައިވްކުރަމުންގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ބަލިކޮށް މަރަދޫއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ” ފުޓްބޯޅަ މުބާރާތުގައި ...

ޑެލިވަރީކުރުން މުޅިން ހުއްޓާލަން ޖެހިދާނެ – ނަވީން

ޑެލިވަރީ ކުރުން މުޅިން ހުއްޓާލައި، ހަމައެކަނި ވިޔަފާރިކުރަން ދޫކުރާ ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭ ގޮތަށް ބަދަލުކުރަން ޖެހިދާނެ ...

ހުޅުދޫއާއި މީދުން ކޮވިޑްގެ ކޭސްއެއް ނުފެންނަތާ 20 ދުވަސް- އެކަމަކު މޮނިޓަރިންގ ގައި – މީކަންބޮޑުވާންޖެހޭކަމެއް- ސާލިހާ

ހުޅުދޫއާއި މީދުން ކޮވިޑް 19 ގެ ކޭސްއެއް ނުފެންނަތާ 20 ދުވަސް ވެގެންދިޔައިރުވެސް އެދެރަށް އާއްމު ހާލަތަކަށް ގެނެސްފައިނުވާތީ ...