ބަދަހިކަޕް : ޕޮލިސްޓީމު ކުޅުނު ފުރަތަމަމެޗް ތަފާތު ބޮޑު ނަޖީއަކުން ކާމިޔާބުކޮށްފި

” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި ޕޮލިސްޓީމް ކުޅުނު ފުރަތަމަމެޗް  ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

ޕޮލިސް މިމެޗް ކާމިޔާބުކޮށްފައިވަނީ ހުޅުދޫ ” އެޗްއެސްސީ އާއި ބައްދަލުކޮށް  46 ޕޮޓް 07 ޕޮޓުން ނެވެ.

 މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޕޮލިސްޓީމުގެ ފިރުޝާއެވެ

މިދިޔަ އަހަރު މިމުބާރާތުގެ ޗެމްޕިއަންކަންހޯދި ޕޮލިސްޓީމަކީ މިފަހަރުގެ މިމުބާރާތްވެސް ކާމިޔާބުކުރާނެކަމަށް ބެލެވޭޓީމެވެ. ސަބަބަކީ ޕޮލިސްޓީމުގައި ގައުމީ ނެޓްބޯޅަ ސްކޮޑުގައި ހިމެނޭ ދެކުޅުންތެރިއަކާއި މިދިޔަ އަހަރުވެސް އެޓީމުގައި މޮޅުކުޅުމެއް ދެއްކި ފުވައްމުލަކުގެ ޖޫޒަން ހިމެނިފައިވާތީއެވެ.

ޕޮލިސްޓީމާއި އެޗްއެސްސީ ބައްދަލުކުރިމެޗްގެ ތެރެއިން

ރޭ ކުޅެވުނު ދެވަނަމެޗްގައި ޓީމް އެމްކޭއާއި ހުޅުދޫ ޔޫތު ބައްދަލުކުރިމެޗް  ޓީމް އެމްކޭ  ކާމިޔާބު ކުރީ 39 ޕޮޓް 8 ޕޮޓުންނެވެ. މިމެޗަކީ އެމްކޭޓީމް މިމުބާރާތުގައި ކުޅުނު ދެވަނަމެޗެވެ. އެމްކޭޓީމް ކުޅުނު ފުރަތަމަމެޗްގައި އެޗްއެސްސީއާއި ބައްދަލުކުރިމެޗުވެސް އެޓީމުންވަނީ ކާމިޔާބުކޮށްފައެވެ.

މިމެޗްގެ ކުއީން އޮފްދަމެޗަކަށް ހޮވިފައިވަނީ ޓީމްއެމްކޭގެ އިމްނާއެވެ.

ޓީމް އެމްކޭ

މިރޭވެސް މިމުބާރާތުގެ ދެމެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ކުޅެވޭ ފުރަތަމަމެޗް ފެށުމަށް ހަމަޖެހިފައިވަނީ 8:00 ގައެވެ. ދެވަނަމެޗް ފެށުމަށް ހަމަޖެހިފައިވަނީ 9:00 ގައެވެ.

މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ވާދަކުރެ އެވެ.

ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ދެވަނަ ޓީމަކަށް ފަސްހާސްރުފިޔާ ދޭގޮތައް ހުޅުދޫއާއި މީދޫގެ ޓީމްތަކަށް  ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ރަށުން ބޭރުން 3 ކުޅުންތެރިން ކުޅުމުގެ ފުރުސަތު ހުޅުވާލުމުން ގިނަޓީމްތަކުން ރަށުން ބޭރުގެ ކުޅުންތެރީން ޓީމްތަކުގައި ހިމަނާފައިވެއެވެ.

  މިދިޔަ އަހަރު ބޭއްވުނު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުޅުމީދޫ ޕޮލިސްޓީމެވެ.

މިމުބާރާތް ކުރިއަށް ގެންދާ މިދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުން  ހުޅުދޫއާއި މީދުން އަދި އައްޑުއަތޮޅާއި މުޅިރާއްޖެއިން ވަރަށް ބޮޑަށް އިތުރުވެފައިވާތީ މުބާރާތުގެ މެޗްތައް ކުރިއަށް ގެންދާއިރު ކުޅިބަލާ މީހުންނަށް ދަނޑުގެ ކައިރިއަށް ނުދެވޭގޮތައް ދަނޑުގެ ސަރަހައްދުވަނީ ބަންދުކުރެވިފައެވެ. އެއީ މިމުބާރާތުގެ މެޗްތައް މިދުވަސްވަރު ކުރިއަށް ގެންދަން ކަމާ ބެހޭ ފަރާތްތަކުން ހުއްދަދީފައި އުސޫލާއި އެއްގޮތައް ކަންތައްތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފި

މިނިވަން ދުވަހާ ގުޅިގެން ބާއްވަމުން އަންނަ ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ...

ފޮޓޯއިން ޚަބަރު: މީދޫގެ މަގުހެދުމުގެ މަސައްކަތް

މީދޫގެ މަގުހެދުމުގެ މަސައްކަތުގެ ސްޕީޑު މިދުވަސްކޮޅު ހަލުއިކޮށް ކުރިޔަށް އެބައެއެވެ. އެގޮތުން ގިނަ މަގުތަކެއްގައި ކާނުހެދުމުގެ މަސައްކަތް އަންނަނީ ...

ސީއެންއެންގައި ރާއްޖޭގެ އިޝްތިހާރު ދެއްކުމަށް އެއްބަސްވެއްޖެ

އެމްއެމްޕީއާރްސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުމުގެ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ސީއެންއެންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މާޗު މަހުގެ ފުރަތަމަ ...