ހުޅުދޫއާއި މީދުން ކޮވިޑްގެ ކޭސްއެއް ނުފެންނަތާ 20 ދުވަސް- އެކަމަކު މޮނިޓަރިންގ ގައި – މީކަންބޮޑުވާންޖެހޭކަމެއް- ސާލިހާ

ހުޅުދޫއާއި މީދުން ކޮވިޑް 19 ގެ ކޭސްއެއް ނުފެންނަތާ 20 ދުވަސް ވެގެންދިޔައިރުވެސް އެދެރަށް އާއްމު ހާލަތަކަށް ގެނެސްފައިނުވާތީ މީދޫ ދާއިރާގެ ކައުސިލަރު އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާބެހޭގޮތުން ކައުންސިލަރު ސާލިހާއަށް ދެންނެވި ސުވާލެއްގެ ޖަވާބަގައި ސޯލިހާ ވިދާޅުވީ ހުޅުދޫއާއި މީދުން ކޮވިޑްގެ އާ ކޭސްއެއް ނުފެންނަތާ ގިނަދުވަސް ތަކެއް ވެފައިވާތީ ހުޅުދޫއާއި މީދޫ އާއްމު ހާލަތަކަށް ގެނެސް ދިނުމަށް މޭޔަރު ނިޒާރުއަށް ވަރަށްގިނަފަހަރު މަތިން ދަންނަވާފައިވާކަމަށެވެ.

” ހުޅުދޫއާއި މީދޫ އާއްމު ހާލަތަކަށް ގެނެސްދިނުމަށް އަޅުގަޑާއި ހުޅުދޫ ދާއިރާގެ ކައުންސިލަރު ފައިޒް މޭޔަރު ނިޒާރުއާއި އެތައްފަހަރަކު ވާހަކަ ދައްކައިފިން . ނިޒާރު ބައެއްފަހަރު ވިދާޅުވަނީ މޮނިޓިން ނެގޭނީ އައްޑޫ ސިޓީ އާއްމު ހާލަތަކަށް އައުމުން ކަމަށް ، އެކަމަކު ނިޒާރު ފަހުން ވިދާޅުވީ ހުޅުދޫއާއި މީދޫ މޮނިޓަރިން އިން ނަގައިދިނުމަށް އެދި ސިޓީ ފޮނުވާފައިވާކަމަށާ އަދި ޖަވާބެއް ލިބިފައިނުވާކަމަށް ”  ސޯލިހާ ވިދާޅުވިއެވެ.

” އަސްލު މީހުންނަށް މިވަރަށް ދަތިކޮށްގެން ވޭޑެނެކަމަށް ނެއް ، މިދެރަށުން އެންމެ ފަހުން ކޮވިޑް ކޭސްއަށް ފެނިފެއިވެނީ މިމަހުގެ 10 ވަނަ ދުވެހި ، އެމީހާސް މިކޯވެނީ ބަލިންފަސޭހަވެގެން ދޫކޮށްފެއި ، އެހެންވީމެއި މިދެރަށް އާއްމު ހާލަތަކަށް ގިނާސް ނިދޭއްޖެހޭ އެއްވެސް ސަބަބަށްނެއް ،  މަގޭ ވާހަކާކީ އެންމެން އާއްމު ހާލަތިއަސް ވޭޑޭގޮތައް ވޭޑޭއްވީ ، މަގޭ  މައްސަލާއްނެތް ، އަވަ އެކަމަށް އެއްވެސް ހެރަހަށް ނިއެޑާށުން . އަދި ފައިޒު އަސް އެކަމަށް ހެރަހަށް އެޑާހެއްތިހެން ހީނިވެއި” ސޯލިހާ އިތުރަށް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19 – ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ، ރޭ ދަންވަރު 2:58ގައި އައިޖީއެމްއެޗުގައި ނިޔާވެފައި ...

އައްޑޫ ސިޓީން އިތުރު 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ބުރާސްފަތިދުވަހުގެ އިރުއޮއްސި ...

ޔާމީން ފުލުހަށް ހާޒިރުކުރަނީ އިންޑިއާއި ދެމެދު ހެދި ޑީލްތަކުގެ ފޯކަސް ގެއްލުވާލަން – އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފުލުހަށް ހާޒިރު ކުރަނީ އިންޑިއާއި ދެމެދު ހެދި ޑީލްގެ ފޯކަސް ގެއްލުވާލަންކަމަށް ...