މާފުށީ ޖަލުން ކޮވިޑް ކޭސްތަކެއް ފެނި ޖަލު ކުއްލި ހާލަތަށް މިއަދު ގެންނަނީ

ކޮވިޑްގެ ހާލަތު ގޯސްވެ، މާފުށީ ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާފުށީ ޖަލުގައި ކޮވިޑް-19 ގެ ޢަލާމަތް ހުރި އޮފިސަރުންނާއި ޤައިދީންގެ ފަރާތުން ނެގި ސާމްޕަލްތަކުގެ ތެރެއިން 07 އޮފިސަރުން 14 ޤައިދީން އިއްޔެ ވަނީ ޕޮޒިޓިވްވެފައިވާކަމަށެވެ.

އެހެންކަމުން  އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރެކްޝަނުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މިއަދު ހަވީރު ހަތަރަކުން ފެށިގެން މާފުށީ ޖަލު ކުއްލި ޙާލަތަށް ގެނައުމަށް ވަނީ ނިންމާފައެވެ.

އަދި މާފުށީ ޖަލު ޢާންމު ޙާލަތަށް ގެނެވެންދެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޤައިދީންނާއި ބަންދުމީހުންނަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ.

މިމަސް ފެށުނު ފަހުން ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ގޯސްވާން ފަށާފައެވެ. މިގޮތުން އިއްޔެވެސް ރާއްޖެއިން 816 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އީޔޫއިން ހުށަހަޅައިފި

ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް،ސުންނީ މުސްލިން ނޫން މީހުނަށް ...

މި ސަރުކާރު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރިޔަށްދަނީ ޒުވާނުންގެ ބޭނުންތަކަށް އިސްކަންދީގެން-ނާއިބު ރައީސް

މި ސަރުކާރު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރިޔަށްދަނީ ޒުވާނުންގެ ބޭނުންތަކާއި އިޙްސާސްތަކަށް އިސްކަންދީގެންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ...

ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުކުރެވޭނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުކުރެވޭނެ ކަމަށް އެމަނިކުފާނު ...