މިސަރުކާރުގެ ސްލޯ ވާހަކަދައްކާއިރު, މިދިޔަ ސަރުކާރު މާބޮޑަށް ސްލޯ: މަބްރޫކް

މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރަށްވުރެ، މިދިޔަ ސަރުކާރުގެ ސްޕީޑް ލަސް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ، މި ސަރުކާރުގެ މަޝްރޫއުތައް ލަސްކަމަށް ބުނެވޭނެ ޖާގަ ނޯންނާނެ ކަމަށާއި އެގޮތުން މިހާތަނަށް 400 ވުރެ މަޝްރޫއު މި ސަރުކާރުން ނިންމާފައިވާ ކަމަށާއި 2،000 ވުރެ ގިނަ މަޝްރޫއު ފަށާފައިވާ ކަމަށެވެ.

ކުރީގެ ރައީސް، ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތި މަޝްރޫއުތައް ފަށާފައި ވަނީ 4 ވަނަ އަހަރުގެ ތެރޭގައި ކަމަށާއި އެގޮތުން ކުރީ ސަރުކާރުގެ އެންމެ ބޮޑު ހައުސިން މަޝްރޫއު، ހިޔާ މަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ ވެސް ވެރިކަމަށް 4 އަހަރު ފަހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

”އަޅުގަނޑުމެން މިފަދަ ވާހަކަ ދެއްކީމާ ބުނަނީ ހިޔާ މަޝްރޫއު ބަލާށޭ، ވަރަށް ސްލޯއޭ، އެއްވެސް މަޝްރޫއެއް ނުފެށެއޭ. ހަނދާން ނެތިވަޑައިގެން އެބޭފުޅުން އުޅުއްވާ ކަމަކީ 4 ވަނަ އަހަރުއޭ، އެވެރިކަމުގެ ހިޔާ ފްލެޓް އަޅަން ފެށުނީ. އަޅުގަނޑުމެންވިއްޔާ މިހާތަނަށް ގެދޮރުވެރިޔާ ލޯނު ޕްރޮގްރާމެއް ފަށްޓައިފިން. 1.5 ބިލިއަން ރުފިޔާގެ ހައުސިން ޕްރޮޖެކްޓް އެއޮތީ ރާއްޖޭގެ ރަށްރަށަށް ބަޖެޓް ފާސްކޮށްފައި، ނައިފަރުގައި 100 ޔުނިޓުގެ ޕްރޮޖެކްޓް ނިމިއްޖެ. އިތުރު 3 ރަށެއްގައި 100 ޔުނިޓުގެ ޕްރޮޖެކްޓް ކުރިއަށް އެބަދޭ. އެޕޯލޯ ޕްރޮޖެކްޓް މާލެ ސަރަހައްދުގައި ކުރިއަށް އެބަދޭ“

މަބްރޫކް ވިދާޅުވިއެވެ

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރީކަނެކްޓް ވިތް މޯލްޑިވްސް ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފި

ރާއްޖެއިން ފަތުރުވެރިންނަށް ކުރެވޭ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް ހާއްސަކޮށްފައިވާ “ރީކަނެކްޓް ވިތް މޯލްޑިވްސް” ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފިއެވެ. ...

ނިޒާމީ ވޯޓަކީ ނަޝީދު މުއިއްޒުއާއި ދެކޮޅަށް ގެންނަން އުޅޭ ބަޢާވާތެއް

ވެރިކަމުގެ ނިޒާމް ބަދަލު ކުރަން އުޅުމަކީ އިންތިޚާބީ ރައީސް ޑރ. މުއިއްޒުއާއި ދެކޮޅަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ...

މާޅޮހުގެ އުއްމީދީ ކީޕަރު އިބޫ ވެލެންސިއާ އަށް

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި މިނިވަން ޗެމްޕިއަންޝިޕުގައި އއ. މާޅޮހުގެ ގޯލް ބެލެހެއްޓި އުއްމީދީ ކީޕަރު އިބްރާހީމް ...