ފޭދޫގެ މިސްކިތަކަށް މީހަކު ބޮޑުކަމު ގޮސްފި

އައްޑޫސިޓީ ފޭދޫގެ ދެ މިސްކިތަކަށް ބަޔަކު ވަދެ އެތަންތަނުގެ ހުރުމަތް ކަނޑައި ހަޑިމުޑުދާރު އަމަލު ހިންގައިފިއެވެ.

ބަޔަކު ނުވަތަ މީހަކު ވަދެފައިވަނީ ފޭދޫގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމަށްވާ މަސްޖުދުލް އަމާނީ އާއި މަސްޖިދުއްނަސްރަށެވެ. ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ ރޭ ފަތިހު ކަމަށް ބެލެވޭ ކަމަށެވެ. މި ދެ މިސްކިތުގެ ތެރެއިން އަމާނީ އަށް ވަދެ މިހުރާބުގެއަށް ވަނީ ބޮޑުކަމު ގޮސްފައެވެ. އެތަނަށް ބޮޑު ކަމުގެ ދިއުމަށްފަހު އިމާމު ބޭނުން ކުރާ މުސައްލައިން ހަރުކޮށްހުރި ނަޖިސް ފޮހެ މުސައްލައިގައި ވެސް ވަނީ ނަޖީސް ހޭކިފައި ކަމަށް ސަލްމާ ވިދާޅުވިއެވެ
މިކަން ފާހަގަވެފައިވަނީ ރޭ ފަތިސްނަމާދަށް އިމާމް މީހާ ދިއުމުންނެވެ. އިމާމަށް އެކަން ފާހަގަވުމުން ކަމާ ބެހޭފަރާތްތަަކުގެ ސަމާލުކަމަށް ވަނީ އެކަން ގެނެސްފައެވެ. އެ މިސްކިތުގައި ރޭ ފަތިސްނަމާދު ކޮށްފައިވަނީ މިސްކިތުގެ އެއްފަރާތެއްގައެވެ. މިސްކިތުން ނަޖިސް ފިލުގައި ސާފުކޮށްފައިވަނީ ފުލުހުންގޮސް އެތަން ބަލައި ފޮޓޯނެގުމަށްފަހު ހެނދުނު 6:20 އެހައިކަންހާއިރު ކަމަށް އެނގިފައިވެެއެވެ.

ސަލްމާ ވިދާޅުވީ މަސްޖިދުއްނަސްރަށް ވަދެފައިވަނީ ފައިވާނާ އެކުގައި ކަމަށެވެ. މިސްކިތަށްވަދެ އެތަނުގެ ހުރުމަތް ކަނޑައި މިިސްކިތުގައިހުރި ޚަތިމުތައް ވަނީ އެތަންމިތަނަށް އުކާލާފައި ކަމަށް ވެސް ސަލްމާ ވިދާޅުވިއެވެ.

މި މައްސަލައަކީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ، ދަށު ދަރަޖައިގެ ފިނޑި އަމަލެއްގެ ގޮތުގައި ސަލްމާ ވަނީ ސިފަކުރައްވާފައެވެ. އަދި މި މައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބެލުމަށް އައްޑޫ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ސަލްމާ ވިދާޅުވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ އީދު ފެސްޓިވަލް 2022 ގެ ހަރަކާތްތައް ބަލާލުމަށް ނުވަހާހަށްވުރެ ގިނަމީހުން ޒިޔާރަތްކުރި

‘އައްޑޫ އީދު ފެސްޓިވަލް 2022’ގެ ނަމުގައި މީދޫގައި ކުރިއަށް ގެންދިޔަ  ހަރަކާތްތައް ބަލާލުމަށް ހުޅުމީދޫއަށް ނުވަހާހަށްވުރެ ގިނަމީހުން ޒިޔާރަތްކޮށްފައިވާކަމަށް ...

ރައީސް ސޯލިހް އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ...

ކޮވިޑް-19: އައްޑު އިން މާލެ ގެންދިޔަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް

އައްޑޫ ސިޓީން އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ...