އިތުރު 32 މީހުން ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭސްގެ އަދަދު 310 އަށް އަރައިފި

އައްޑޫސިޓީގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާއިރު އައްޑޫސިޓީން  އިތުރު 32 މީހުން ބައްޔަށް ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭހުގެ އަދަދު 310 އަށް އަރައިފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫސިޓީން އެންމެ ފަހުން ޕޮޒިޓިވްވި 32 މީހުންގެ ތެރޭގައި ހިމެނެނީ މަރަދުން ޕޮޒިޓިވްވި 31 މީހުންގެ އިތުރަށް ފޭދުން ޕޮޒިޓިވްވި މީކެވެ.

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އާދީއްތަދުވަހުގެ ދުވަހުގެ އިރުއޮއްސި ހަޔަކުން ހޯމަދުވަހުގެ ދުވަހުގެ އިރުއޮއްސި ހަޔަކަށް ކޮވިޑަށް ޓެސްޓް ކުރުމަށް ނެގުނު 148 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 32 މީހުންގެ ތެރޭގައި ހިމެނެނީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ޕޮޒިޓިވްވި 9 މީހުންގެ އިތުރަށް ސަވައިލަންސް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 18 މީހަކާއި ފްލޫކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި 4 މީހެއްގެ އިތުރަށް ރަށުތެރެއިން ވަކި ތަރުތީބެއްނެތި ނެގުނު ސާމްޕަލްތަކުން ޕޮޒިޓިވްވިމީހެކެވެ.

އައްޑޫގެ ރަށްރަށުގެ  ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 141 ކޭސް އުޅޭއިރު، ހިތަދޫގައި 90 ކޭސް، ފޭދޫގައި 30 ކޭސް، މަރަދޫފޭދޫގައި 07 ކޭސް އަދި ހުޅުދޫގައި 11 ކޭސް އަދި މީދޫގައި 31 އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.  

ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން އައްޑޫސިޓީގެ ހުރިހާ ރަށެއްގައިވެސް މިހާރު ރޭގަޑު 9:00 އިން ފަތިހު 4:00 އަށް  ކާފިއުގެ ހިންގަމުންދާއިރު  ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއްވެސް އައްޑޫސިޓީގައ މިހާރުވަނީ  އަޅާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ނަޝީދަށް ދިންހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތެރިވި މީހާ ހައްޔަރުކޮށްފި

ރައީސް ނަޝީދަށް ހަމަލާދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާ މިއަދު ހައްޔަރުކޮށްފިއެވެ. ރައީސް ނަޝިދަށް ދިން ހަމަލާގެ މައުލޫމާތު ...

ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލި، މީހަކު ހޯދަނީ

އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ. ވީޑިއޯއާއިއެކު ފުލުހުން ...

ނަޑެއްލާ، ރަތަފަންދޫ، ފިއޯރީގެ އައު އިންޖިނުގެއާއި އޮފީސް ޢިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

ހުވަދު އަތޮޅު ދެކުނުބުރީ، ނަޑެއްލާ، ރަތަފަންދޫ އަދި ފިޔޯރީގައި ޢިމާރާތްކުރި އައު އިންޖީނުގެތަކާއި އޮފީސް ޢިމާރާތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...