ކޮމަންޑޫ ދާއިރާގެ މެމްބަރު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ އެވެ

މެމްބަރުން ހުސެއިން އަވަހާރަވީ ރޭ 1:25 ހާއިރު އޭޑީކޭ ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ދަނިކޮށެވެ.

އަވަހާރަވިއިރު، އަންބަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުންނެވެ.

ސިއްހީ ހާލުކޮޅު ހުރި ގޮތުން މިއަހަރުގެ ކުރީ ކޮޅު މެމްބަރު ހުސެއިން ވަނީ ދުބާއީގެ ހޮސްޕިޓަލެއްގައި ފަރުވާވެސް ހޯއްދަވާފަ އެވެ. އެގޮތުން ކެންސަރު ބައްޔަށް މެމްބަރު ހުސެއިން ފަރުވާ ހޯއްދަވާތާ ގާތްގަނޑަކަށް އަހަރެއްވެއްޖެއެވެ.

މެންބަރު ހުަސެއިން ވަހީދަކީ 17 އަދި 19 ވަނަ ރައްޔިތުންގެ މަޖްލީހުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސައޫދީން ހަދިޔާކުރި ކަދުރު މީދޫގައި ބަހަން ފަށައިފި

އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަ މަހަށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މީދޫ ...

މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންނަށް އަނިޔާވެރިވާކަށް ނޫން – ރޮޒެއިނާ

މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންތަކަކަށް އަނިޔާވެރިވާން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ...

އައްޑުއާއި ފުވައްމުލަކުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައި

މުޅި ރާއްޖެ ޤައުމީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކުރާ މަސައްކަތުގެ ދަށުން، އާރުޓީއެލް ފެރީގެ ޚިދުމަތް އައްޑޫ ސިޓީއާއި ...