ތަރައްގީއަށް މިސަރުކާރުން އިންގިލާބީ ބަދަލު ގެނެސްފި: ނައިބް ރައީސް

ތަރައްގީގެ ކަންކަމުގައި ސަރުކާރުން ގެންދަނީ ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު މިހެން ވިދާޅުވީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން މުޅިރާއްޖޭގައި ބާރަށް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ ރަށްތަކުގައި ތަރައްޤީގެ އެންމެ މަޝްރޫއެއް ނަމަވެސް ނުހިންގާ ރަށެއް ނެތްކަމުގައި ވިދާޅިއެވެ. ހަމަ އެހެންމެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް، ރައްޔިތުންނަށް ވީ ވައުދުތައް ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ފުއްދަވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

advertisement

ފުވައްމުލަކު ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ މައްޗަށް އަލިއަޅުވާލައްވަމުން މިއީ ޒަމާނުއްސުރެ ފުވައްމުލަކުގެ ރައްޔިތުން އިންތިޒާރުކުރަމުންއައި މަޝްރޫއެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން މިއަދު އަމަލީ މަސައްކަތް ފެށިގެން ދިޔަ މި މަޝްރޫއުއަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ފެށުމަށް މަސައްކަތްކުރަމުންދިޔަ މަޝްރޫއެއްކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ އެމަނިކުފާނުވަނީ ސަރުކާރުން ފުވައްމުލަކުގެ ތަރައްޤީއަށް މިހާރުވެސް ގިނަ މަޝްރޫއުތަކެއް ކުރިޔަށްގެންދަވާ ކަން ފާހަގަކުރައްވައި އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައި ވަނީ ވަނީ އެމްޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސުކޫލްތަކާއި ޔުނިވާސިޓީތައް ވެސް އިތުރު އެއް ހަފްތާއަށް ބަންދުކުރަން ސަރުކާރުން ނިންމައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އަންނަ ހަފްތާގައިވެސް ސްކޫލްތައް ބަންދުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހާމަކުރައްވައިފިއެވެ. ...

ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ފުލޫ ކްލިނިކެއް ހުޅުވައިފި

ކޮވިޑް-19 އާއި ގުޅިގެން ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ. ހުޅުމީދޫ ސިއްހީމަރުކަޒު ކައިރީގައި ހުންނަ ...

ކޮލީގެ ޖާދުލާއެކު ޖިއޯވެންޓް ކަޓުވާލާ ލޮތާރި މިނިވަން ކަޕްގެ ފައިނަލަށް !

އައްޑޫ ސިޓީ ހުޅުދޫގައި މިހާރު ކުރިއަށްދާ “މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީ ފައިނަލުގެ ފުރަތަމަ ...