48 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް ބަލީގައިގައި 03 މީހަކު މަރުވެއްޖެ

ވޭތުވެދިޔަ 48 ގަޑިއިރުގެތެރޭގައި ރާއްޖެއިން ކޮވިޑް ބަލީގައި ތިންވަނަ މީހަކު މަރުވެއްޖެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ވޭތުވެދިޔަ 48 ގަޑިއިރުގެރޭގައި ކޮވިޑް ބަލީގައި މަރުވި 3 ވަނަ މީހާ މަރުވެފައިވަނީ  މިއަދު ހެނދުނު 6:29 ގައެވެ. އެއީ  އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މިމީހާއަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެއްކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ. މިމަރާއިއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 254 އަށް އަރާފައެވެ.

އިއްޔެވެސް ރާއްޖެއިން ވަނީ ކޮވިޑްގައި 2 މީހަކު ނިޔާވެފައެވެ. އިއްޔެ ނިޔާވީ ދިވެހި ދެފިރިހެނުންނެވެ.

އިއްޔެ ފުރަތަމަ ނިޔާވެފައިވަނީ ދ.ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފަހުން ނިޔާވީ ހއ. ތުރާކުނު މީހެކެވެ. މިއީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑް-19 އަށް ފާއިތުވި މަސްތަކުގައި ގިނައިން ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ. މިވަގުތުވެސް 14 ރަށެއް އޮތީ ކޮވިޑް ފެތުރެމުންދާތީ އަރާފޭބުން މަނާކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފްލައިމީގެ މަތިންދާ ބޯޓެއް ރަންވޭ މަތިން ކަހާލައިފި

ފްލައިމީގެ މަތިންދާ ބޯޓެއް ރަންވޭ މަތިން ކަހާލައިފިއެވެ. މާމިގިލީ އެއަރޕޯޓްގައި ޖެއްސި ފްލައިމީގެ މަތިންދާބޯޓް ރަންވޭ މަތިން ކަހާލީ ...

އެމެރިކާގެ އިލެކްޓްރޯނިކް އުފެއްދުންތައް ތުރުކީން ބޯއިކެޓުކުރަނީ

އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓް ކުރަން ތުރުކީން ނިންމައިފިއެވެ. ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި އެމެރިކާއިން އުފައްދާ ...

މީދޫގެ ގެތަކުން ފެނާއި ނަރުދަމާ ލާން އެދިއްޖެ

އައްޑޫ ސިޓީ މީދޫގެ މަގުތައް  ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާތީ  މިހާރު ފެނާއި ނަރުދަމާ ނުލެވި ...