ހުޅުދުން ޕޮޒިޓިވްވި 4 މީހުންނާއެކު ޖުމްލަ 23 މީހަކު މިއަދު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 23 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ.


އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި ހަޔަކުން އާދީއްތަ ދުވަހުގެ އިރުއޮއްސި ހަޔަކަށް ކޮވިޑް ޓެސްޓް ހެދުމަށް އައްޑޫސިޓީން ނެގުނު 117 ސާމްޕަލްގެ ތެރެއިން 23 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވްވި 19 މީހަކާއި ހުޅުދުން ޕޮޒިޓިވްވި 4 މީހެކެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި 2872 މީހުންގެ ތެރެއިން 2634 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި އައްޑޫސިޓީން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެއާއި ހަމައަށް ބަލިން ފަސޭހަނުވާ 228 މީހަކު ހިމެނޭކަމަށްވެސް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.


އައްޑޫގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް އުޅެނީ ހިތަދޫގައެވެ . އެގޮތުން ހިތަދޫގައި ކޮވިޑްގެ 166 ކޭސް އުޅޭއިރު، މަރަދޫގައި 19 ކޭސް، ފޭދޫގައި 04 ކޭސް، މަރަދޫފޭދޫގައި 04 ކޭސް އަދި މީދޫގައި 21 ކޭސް ، ހުޅުދޫގައި 13 ކޭސް އުޅޭކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާދަމާ އިން ފެށިގެން މާލެ ސިޓީ ސަރަހައްދުގައި ތިން ގަޑިއިރަށް ކާފިއު ހިންގަނީ

މާދަމާއިން ފެށިގެން ވަކި ވަގުތުތަކެއްގައި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ މަގުތައް މައްޗަށް ނުކުމެ އުޅުމާއި، އުޅަނދު ފަހަރު ...

ނޮޅިވަރަމް އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ހދ. ނޮޅިވަރަމް އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ނޮޅިވަރަމް އިން އެންމެ ފުރަތަމަ ...

ކޮންމެ މީހަކާމެދުވެސް ހިތްހެޔޮކަމާ އިޚްލާސްތެރިކަމާއެކު ވާހަކަ ދައްކަމާތޯ ؟

ވަރަށްގާތް ރަށްޓެއްސަކު ކިޔައިދިނެވެ. ” އެއްދުވަހަކު އޭނަޔާއި އޭނަގެ ރަށްޓެއްސަކު  އޮފީހެއްގެ މުވައްޒަފަކާ މުހިއްމުކަމަކު ބައްދަލުކޮށްލަން ދާންޖެހުނެވެ. އެހެންކަމުން ...