ކޮވިޑުގެ އާ ވޭރިއަންޓާ ގުޅިގެން އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އެތެރެވުން މަނާކޮށްފި

ކޮވިޑުގެ އާ ވޭރިއަންޓް، “އޮމިކްރޯން” އާ ގުޅިގެން އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އެތެރެވުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އިއުލާނެއްގައި ވަނީ އާ ވޭރިއަންޓާ ގުޅިގެން މިރޭ މެންދަމު 12:00 އިން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި “އޮމިކްރޯން” ފެނުނު ސައުތު އެފްރިކާގެ އިތުރުން ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮސްޓްވާނާ، ޒިމްބާބުވޭ، އެސްވަޓީނީނުން މީހުން އެތެރެވުން ހުއްޓާލުމަށް ނިންމާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެ އައުމުގެ 14 ދުވަސްކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުން ވެސް ހިމެނެއެވެ. ނަމަވެސް އޭގެ ތެރޭގައި ދިވެހިންނާއި ވޯކްޕާމިޓްގައި މަސައްކަތްކުރާ މީހުންނެއް ނުހިމެނެއެވެ.

ރާއްޖެ އައުމުގެ 14 ދުވަސްކުރިން އެގައުމުތަކުގައި އުޅެފައިވާ ދިވެހިންނާއި ވޯކްވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 14 ދުވަސް ވަންދެން ކަރަންޓީނުވާން ޖެހެއެވެ. އަދި އެމީހުން ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވުމުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެ އިއުލާނަށް އަމަލުކުރަން ފަށާއިރު އެ ގައުމުތަކުން ރާއްޖެއަށް ދަތުރު ފަށާފައިވާ މީހުންނާއި، ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި އެގައުމުތަކުން އެތެރެވެފައިވާ މީހުން ވެސް މިއުސޫލުތަކަކަށް އަމަލުކުރަން ޖެހޭކަމަށްވެސް އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.

  • މިވަގުތު ޕީސީއާރު ޓެސްޓެއް ހެދުން.
  • 14 ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި ހޭދަކުރާ މީހުން، 14 ދުވަސް ފުރިހަމަވުމުން އިތުރު ޕީސީއާރު ޓެސްޓެއް ހެދުން.
  • ރާއްޖޭގައި 14 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަކުރާ މީހުން ރާއްޖޭން ފުރުމުގެ ކުރިން އިތުރު ޕީސީއާރު ޓެސްޓެއް ހެދުން.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން އިސްތިއުފާދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން އިސްތިއުފާދެއްވައިފިއެވެ. މަޤާމުން އިސްތިއުފާދެއްވިކަން އީސީގެ ރައީސް އަޙްމަދު ސުލައިމާން ކަށަވަރު ކޮށްދެއްވިނަމަވެސް ...

ބަދަހިކަޕް : ޕޮލިސްޓީމު ކުޅުނދެވަނަމެޗްވެސް ތަފާތު ބޮޑު ނަޖީއަކުން ކާމިޔާބުކޮށްފި

” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި ޕޮލިސްޓީމް ކުޅުނު ދެވަނަމެމެޗްވެސް  ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ. ރޭ ކުޅެވުނު ...

މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ، ބިރުގަންނާކަށް ނުޖެހޭނެ: މަހްލޫފް

ޤާނޫނީ އިމުގެ ތެރެއިން މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ ކަމަށާއި ނޫސްވެރިން ބިރުގަންނާކަށް ނުޖެހޭނެކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ...