މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ، ބިރުގަންނާކަށް ނުޖެހޭނެ: މަހްލޫފް

ޤާނޫނީ އިމުގެ ތެރެއިން މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ ކަމަށާއި ނޫސްވެރިން ބިރުގަންނާކަށް ނުޖެހޭނެކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިރޭ ކުރެއްވި ޓުވީޓެއްގައި މި ދައުރުގައި ނޫހެއް ބަންދުކުރިތޯއާއި, ނޫސްވެރިކަން ކޮށްގެން ހައްޔަރުކުރިތޯ ސުވާލު ކުރައްވައިފައެވެ. އަދި ޓީވީ ސްޓޭޝަނެއް ރޯކޮށްލިތޯއާއި, ފޮޓޯ ނެގުން މަނާކުރިތޯއާއި, ނޫސްވެރިންނަށް ބިރުދައްކައި ހަމަލާދިންތޯ ވެސް ސުވާލު ކުރައްވައިފައެވެ.

މަހްލޫފް ވިދާޅުވީ މި ސަރުކާރުން ގައިމު ވެސް އެކަމެއް ނުކުރާނެ ކަމަށެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ ކަމަށާއި, ބިރުގަންނާކަށް ނުޖެހޭނެ ކަމަށެވެ.

“ހަމަގަދަޔަށް ލިޔުއްވާ“ މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރަން ގޮވައިލާ, 158 ނޫސްވެރިއަކު ސޮއިކޮށް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް ރައީސް އެ ބިލް ތަސްދީޤު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަމުގައި ކުރިން މަސައްކަތް ކުރި އިނގިރޭސި ސިފައިންގެ ގްރޫޕެއް އިއްޔެ މީދުއަށް ޒިޔާރަތްކޮށްފި

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސ. ގަމުގައި ތިބި އިނގިރޭސި ރޯޔަލް އެއާފޯސް( އާރްއޭފް)ގެ ސިފައިންގެ ގްރޫޕެއް މިހާރު ...

މިގޮޑީގައި އަޅުގަޑު ބައިންދައިފިނަމަ މިގޮޑި ނީލަމުގައި އިންނަދުވަހެއް ތިޔަބޭފުޅުންނަށް ނުފެންނާނެ- ރޮޒެއިނާ

މީދޫއާއި ވަރަށްބޮޑު އާއިލީގުޅުމެއް އޮންނަކަމަށާ މަރަދޫފޭދޫއަށް ބަލާއިރު މަރަދޫފޭދޫގެ ރަށްޔިތުންނާއި ހިތާހިތުގެ ގުޅުމަކުން ގުޅިފައިވާކަމަށް ރޮޒެއިނާ އާދާމް ވިދާޅުވެއްޖެވެ ...

ބޮލީވުޑްގެ ބަތަލާ އީޝާ ޑިއޯލް ވިހައިފި

ބޮލީވުޑްގެ މަޝްހޫރު އާއިލާ އަކަށް ނިސްބަތްވާ ބަތަލާ އީޝާ ޑިއޯލް ވިހައިފި އެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކުރާ ...