އައްޑޫ ސިޓީން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ- މީގެ ތެރޭގައި ހުޅުމީދޫ 9 މީހަކު ހިމެނޭ

advertisement

އައްޑޫ ސިޓީން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.


އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި ހަޔަކުން އާދީއްތަ ދުވަހުގެ އިރުއޮއްސި ހަޔަކަށް ކޮވިޑް ޓެސްޓް ހެދުމަށް އައްޑޫސިޓީން ނެގުނު 130 ސާމްޕަލްގެ ތެރެއިން 14 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.


މީގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވްވި 5 މީހަކާއި ހުޅުދުން ޕޮޒިޓިވްވި 5 މީހުންގެ އިތުރަށް މީދުން ޕޮޒިޓިވްވި 4 މީހެކެވެ.
އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި 2768 މީހުންގެ ތެރެއިން 2494 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި އައްޑޫސިޓީން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެއާއި ހަމައަށް ބަލިން ފަސޭހަނުވާ 264 މީހަކު ހިމެނޭކަމަށްވެސް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.


އައްޑޫގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް މިހާރު އުޅެނީ ހިތަދޫގައެވެ . އެގޮތުން ހިތަދޫގައި ކޮވިޑްގެ 178 ކޭސް އުޅޭއިރު، މަރަދޫގައި 40 ކޭސް، ފޭދޫގައި 19 ކޭސް، މަރަދޫފޭދޫގައި 01 ކޭސް އަދި މީދޫގައި 16 ކޭސް ، ހުޅުދޫގައި 5 ކޭސް އުޅޭކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.


އައްޑޫސިޓީން އިއްޔެ (27/11/2021 ވަނަ ދުވަހު ) 17 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ހުކުރުދުވަހު ( 26/11/2021 ވަނަ ދުވަހު ) ވެސް 20 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ސައުފު އައްޑޫ އަފިރިންގެ އައްޑޫ” ގެ ނަމުގައި ސާފްކުރުމުގެ ޕްރޮގްރާމެއް އައްޑޫގައި ފަށައިފި

“ސައުފު އައްޑޫ އަފިރިންގެ އައްޑޫ” ގެ ނަމުގައި ސާފުކުރުމުގެ ޕްރޮގްރާމެއް އައްޑޫސިޓީގައި އިއްޔެ ފަށައިފިއެވެ. މިއީ އައްޑޫސިޓީގައި މަސައްކަތްކުރާ ...

ކޮވިޑް-19: 1 ލައްކައަށްވުރެ ގިނަ މީހުން މަރުވެއްޖެ !

ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގައި މަރުވި މީހުންގެ ޢަދަދު ލައްކައަކަށް ވުރެ މަތިވެއްޖެއެވެ ދުނިޔެއިން މިހާތަނަށް ...

ރާއްޖޭގެ ހުރިހާ ރަށަކުވެސް މާސްކު އަޅައިގެން އުޅެން އަންގައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގެއިން ބޭރަށް ނިކުންނަމަ މާސްކް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ...