ބަދަހިކަޕް : ޕޮލިސްޓީމު ކުޅުނދެވަނަމެޗްވެސް ތަފާތު ބޮޑު ނަޖީއަކުން ކާމިޔާބުކޮށްފި

” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި ޕޮލިސްޓީމް ކުޅުނު ދެވަނަމެމެޗްވެސް  ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

ރޭ ކުޅެވުނު މިމެޗް ޕޮލިސްޓީމް ކާމިޔާބުކޮށްފައިވަނީ ހުޅުދޫ ” ޔޫތު ޓީމާ ބައްދަލުކޮށް  79 ޕޮޓް 03 ޕޮޓުން ނެވެ.

 މިދިޔަ އަހަރު މިމުބާރާތުގެ ޗެމްޕިއަންކަންހޯދި ޕޮލިސްޓީމު ކުޅުނު ދެވަނަމެޗް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު އެޓީމު ކުޅުނު ފުރަތަމަމެޗްގައި ހުޅުދޫ އެޗްއެސްސީ ވެސް ބަލިކޮށްފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިމުބާރާތުގައިމިހާތަނަށް ކުޅެވުނު މެޗްތަކަށް ބަލާއިރު މިފަހަރުގެ މުބާރާތްވެސް ކާމިޔާބުކުރާނެކަމަށް ބެލެވެނީ ޕޮލިސްޓީމެވެ. ސަބަބަކީ ޕޮލިސްޓީމުގައި ގައުމީ ނެޓްބޯޅަ ސްކޮޑުގައި ހިމެނޭ ދެކުޅުންތެރިއަކާއި މިދިޔަ އަހަރުވެސް އެޓީމުގައި މޮޅުކުޅުމެއް ދެއްކި ފުވައްމުލަކުގެ ޖޫޒަން ހިމެނިފައިވާތީއެވެ.

 ރޭ ޕޮލިސްޓީމާ ޔޫތު ބައްދަލުކުރި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޕޮލިސްޓީމުގެ އީމާއެވެ.

މިމުބާރާތް ކުރިއަށް ގެންދާ މިދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުން  ހުޅުދޫއާއި މީދުން އަދި އައްޑުއަތޮޅާއި މުޅިރާއްޖެއިން ވަރަށް ބޮޑަށް އިތުރުވެފައިވާތީ މުބާރާތުގެ މެޗްތައް ކުރިއަށް ގެންދާއިރު ކުޅިބަލާ މީހުންނަށް ދަނޑުގެ ކައިރިއަށް ނުދެވޭގޮތައް ދަނޑުގެ ސަރަހައްދުވަނީ ބަންދުކުރެވިފައެވެ. އެއީ މިމުބާރާތުގެ މެޗްތައް މިދުވަސްވަރު ކުރިއަށް ގެންދަން ކަމާ ބެހޭ ފަރާތްތަކުން ހުއްދަދީފައި އުސޫލާއި އެއްގޮތައް ކަންތައްތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ އައްޑޫ ލައިވްއެވެ. އެހެންކަމުން މިމުބާރާތުގެ މެޗްތައް އައްޑޫލައިވުން ފޭސްބުކް މެދުވެރިކޮށް ލައިވްކުރަމުންގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިފްކޯ އިން އައްޑޫ އާ ފުވައްމުލަކުގައި އޯޕަންޑޭ ތަކެއް ބާއްވަނީ

މިފްކޯ އިން އައްޑު އާ ފުވައްމުލަކުގެ ރައްޔިތުންނަށް އޯޕަންޑޭ ތަކެއް ބާއްވަން ނިންމައިފިއެވެ. މިފްކޯ އިން އައްޑޫ އާ ...

އަޅުގަޑު މަސައްކަތްކުރާނީ ރަށްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން – ސާލިހާ

މީދޫގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށް ހަވާލުކުރެއްވި މަގާމުގެ ފުރިހަމަ ޒިންމާ އާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާ، އަމާނާތްތެރި ކަމާއެކު ...

ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުންދިނުން ...