އައިޖީއެމްއެޗްގެ މުވައްޒަފުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ

ރާއްޖޭގައި ސިއްޙީ ޚިދުމަތް ދޭންފެށިތާ 70 އަހަރުފުރުން ފާހަގަކުރުމަށް އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން އައިޖީއެމް ހޮސްޕިޓަލް ގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި، ކުޑަކުދިންގެ ހިޔާއަށް މިއަހަރުގެ ތެރޭގައި އެއްގަޑިއިރު ހިލޭ ޚިދުމަތް ކޮށްދިނުމަށް ނިންމައިފިއެވެ.

ކ.ގުރައިދޫގައި ތިބޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއެކު މިއަދު ބޭއްވި ހަވީރުގައި މިކަން ޢިއުލާން ކުރައްވަމުން އައިޖީއެމްއެޗްގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުހަތު ޝަހީރު ވިދާޅުވީ މިއީ އިންސާނިއްޔަތަށް ޚިދުމަތް ކޮށްދިނުމަށާއި ޤައުމުގައި އެހީއަށް ބޭނުންވެފައިތިބި މީހުންނަށް އެހީވުމަށް އެ ހޮސްޕިޓަލްގެ މުވައްޒަފުން ނިންމި މުހިންމު ނިންމުމެއްކަމަށެވެ. އެގޮތުން ހޮސްޕިޓަލުން ދޭ ޚިދުމަތުގެ އިތުރުން، ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުން ތިބޭ ތަންތަނަށް ގޮސް އެފަރާތްތަކަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

“މިއީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ހުރިހާ މުވައްޒަފުން އަހުދުވެ އަޒުމް ކަނޑައަޅައިގެން ބޭނުންވީ ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ މީހުންގެ އިތުރަށް ހޮސްޕިޓަލްގެ ބޭރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގަ ތިބި ކުދިންނަށް އެތަންތަނަށްގޮސް އެހީތެރިކަމަކާ އަޅާލުންދޭން” ފަރުހަތު ވިދާޅުވިއެވެ.

ގުރައިދޫގައި ތިބޭ ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއެކު ބޭއްވި ހަވީރުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ. މިހަވީރު ޝަރަފްވެރިކޮށްދެއްވީ ސިއްޙީ ދާއިރަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ޑރ.މުޙައްމަދު އަޙްމަދެވެ.

މިހަވީރުގައި ވާހަކަ ދައްކަވަމުން ކ.ގުރައިދޫ ކައުންސިލްގެ ނާއިބު ރައީސް އިބްރާހީމް ޝަލީޒް ވަނީ އެރަށުގެ ރައްޔިތުންނަކީ ޒަމާނުއްސުރެ ޚާއްޞާ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވަމުން އަންނަ ބައެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެރަށުގެ ރައްޔިތުންނަށް އިތުރު ތަމްރީނާއި ޚައްޞާ އެހީއަށް ބޭނުންވާ މީހުންނާއެކު ވަގުތު ހޭދަކުރާނެ ގޮތް ދަސްކޮށްދޭން ދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިޚިދުމަތުގަ ރައްޔިތުން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

“މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ރާއްޖޭގެ ސިއްޙީ ޚިދުމަތަށް އިންގިލާބު ގެނެސްފައިވާ ދުވަސްވަރެއް. މިއިންޤިލާބުގެ ތެރެއިން އެންމެ ހިތްގައިމު މަންޒަރުތައް މިއަދު މިފެންނަނީ އައިޖީއެމްއެެޗްއިން. އައިޖީއެމްއެޗަކީ ރައްޔިތުންގެ މަޤްބޫލްކަން ލިބިފައިވާ ހޮސްޕިޓަލެއް. އެތަނުގެ މާހައުލަކީ ހިތްގައިމު މާހައުލެއް. އެތަނުން ލިބެނީ އަޅަލުމާއި އިހްސާންތެރިކަމުގެ އިޙްސާސް.” ޝަލީޒް ވިދާޅުވިއެވެ.

ގުރައިދޫގައި ބޭއްވި ހަވީރުގައި ވަނީ އައިޖީއެމްއެޗް އިން ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށާއި އެރަށު ސިއްޙީ މަރުކަޒަށް ބޭނުންވާ ސިއްޙީ އާލާތްތައް ހަދިޔާކޮށްފައެވެ. މިތަކެއްޗަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންގެ ފަރުވާއަށާއި އެފަރާތްތަކާއެކު ވަގުތު ހޭދަކޮށް އެހީތެރިކަން ފޯރުކޮށްދޭ މީހުންނާ މުޢާމަލާތް ހިންގުމަށް އެހީތެރިވެދޭނެ ތަކެތިކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެ ސަރަހައްދުން ރެންޑަމް ކޮވިޑް 19 ގެ ސާމްޕަލް ނަގަން ފަށައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރެންޑަމްކޮށް ސާމްޕަލްތައް ނަގަން ފަށައިފިއެވެ. ރޭ ...

ފައިދާ ގޯލްގެ ތަފާތުން މީދޫ ކަޓުވާލައި ހިތަދޫ ފައިނަލަށް

އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ހިތަދޫ އެފްސީ ދަތުރުކޮށްފިއެވެ. މީދޫގައި ކުރިއަށްދާ  މިމުބާރާތުގައި ހިތަދޫޓީމާއި ...

އައްޑޫ، ކުޅުދުއްފުށި އަދި އޭދަފުށީގައި ޕީސީއާރު ޓެސްޓު ހެދުމަށް ތައްޔާރުވަނީ

އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އަދި ބ. އޭދަފުށީގައި ޕީސީއާރު ޓެސްޓު ހެދުމަށް ތައްޔާރުވާން ފަށައިފިއެވެ. މިކަން ...